ރައީސް މުހައްމަދު މުއިއްޒު
ހުތުރު މަންޒަރުތައް ބެލޭ ހުރިހާ ވެބްސައިޓެއްގައި ތަންޑު އަޅުވާނަން: ރައީސް
އިންޓަނެޓު މެދުވެރިކޮށް ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށާއި، އެފަދަ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ކުރިއަށް އޮތް ހަފުތާ ތެރޭގައި މުޅިން ބަންދުކޮށްލެވޭނެ
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިހާރު ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކު ދެކެ އެ މަނިކުފާނު ނުހަނު ލޯބިވެވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ދެ ދުނިޔޭގެ ބާއްޖަވެރިކަމާ މެދު ވަރަށް ބޮޑަށް ފިކުރު ކުރައްވާ ކަމަށެވެ. އެ ކަމަށް އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ވެރިއެއްގެ ޒިންމާ އަކީ ރަނގަޅު ކަންކަަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމާ އެކު، ދެ ދުނިޔޭގެ ބާޖަވެރިކަން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެ މަނިކުފާނު މަސައްކަތް ކުރައްވާނީ އެ މަގުން ކަމަށާއި، ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހާ "އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު" ނައްތާލަން ގަދަ އަޅައި މަސައްކަތްކުރައްވާނެ ކަމަށްއެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
-
ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވާލެވިފައިވާ މައިދާނެއް؛ ރާއްޖޭގެ ގާނޫނު މިކަން މަނާ ކުރޭ
-
މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހިންގެ ގާނޫނާއި ދީން ވެރިޔާގެ މައްޗަށް ލާޒިމުކުރޭ
-
ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ ސިކުނޑީގެ ނިޒާމު ހަލާކުކޮށް، ލޮޑުކޮށް، އޭނާގެ އުފެއްދުންތެރިކަން މަރާލާ ކަމެއް އަދި ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މީހާ ގަރަގުކޮށްލާ ކަމެއް
-
މި ފަދަ އެތައް ސަބަބެއް އޮތީތީ، އިސްލާމް ދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި؛ އެއީ އިންސާނާ އާއި ގައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކާ
"އެހެންވީމާ އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން. މިހާރު އެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި. ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދު ހުތުރު ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓައި އިސްލާމް ދީނަށް ނަސްރު ދިނުމާ އެކު، އެ ދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހިން އަހުލުވެރި ކުރުވުމަށް ކަމަށެވެ. އެހެންކަމުން، ފަސް ނަމާދު އޭގެ ވަގުތުގައި ގާއިމުކުރުމަށް ނަސޭހަތްތެރިވެ، ފަތިސްނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ ހިތުގެ ދުއާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނަމާދުގެ ޖަމާއަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ، ގައުމު ވަރުގަދަވެ، އުފާވެރިވެ، ބާއްޖަވެރިވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގައި ބަރަހަނާ ސައިޓުތައް ބްލޮކް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން ވަނީ އަންގާފަ އެވެ.
-
އިތުރަށް ކިޔާލަން - ރާއްޖޭގައި ބަރަަހަނާ ވެބްސައިޓުތައް ބްލޮކްކޮށްފި
ކޮމެންޓް (1)
ތެފައާސާ.