އިޝްތިހާރު

ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވި މާނިއު

ރައީސް އޮފީސް

ކަސްޓަމްސްއަށް މާނިއު، ޕްރިޒަންސްއަށް ޒަރީރު އައްޔަންކޮށްފި

އެ ދެބޭފުޅުންނަށް މަގާމުގެ ލިޔުން މިއަދު ވަނީ ހަވާލުކޮށްފައި

ކޮމިޝަނާ އޮފް ކަސްޓަމްސްއަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން(އެންއައިސީ)ގެ ކުރީގެ ރައިސް ޔޫސުފް މާނިއު މުހައްމަދު ސަރުކާރުން ހަމަޖައްސަވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައިސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާނިއުއަށް މަގާމު ދިން ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ތަފްސީލު - ކަސްޓަމްސްގެ ވެރިޔަކަށް ހަމަޖެއްސި މާނިއުއަށް މަގާމުގެ ލިޔުން ހަވާލު ކުރުމުގެ ކުރިން އޭނާ ވަނީ، ކަސްޓަމްސްގެ އޮފިސަރުންގެ ހުވާ ކުރައްވާފަ އެވެ. އެ ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔރު މަހާޒު ޒާހިރު އެވެ. އެ މަގާމަކީ، ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމަކެވެ.

މާނިއުއަކީ، އެންއައިސީގެ ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮކްޓޯބަރު 2015ގަ އެވެ. އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ފުލުންހުންގެ އެއްބާރުލުން ނުލިބޭކަމަށް މާނިއު ފާހަގަކުރުމުން އެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ ނޮވެމްބަރު 2017ގަ އެވެ.

މާނިއު އިތުރުން، ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް ހަސަން ޒަރީރުވެސް ރައީސް މުއިއްޒު ވަނީ އައްޔަންކުރައްވާފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް ރައީސް އައްޔަން ކުރެއްވި ޒަރީރު

މިއަދު މަގާމުތަކަށް އައްޔަން ކުރެއްވި އެހެން ބައެއް ބޭފުޅުން:

  • ފަހުމީ ހަސަން: ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

  •  އިބްރާހިމް އާމިރު: ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް