ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ވިޒިޓާ ކައުންސިލްގެ ނަމުގައި ޓޫރިޒަމް ޕްރޮމޯޓު ކުރާ ކައުންސިލެއް އުފައްދައިފި

ފަތުރުވެރިކަން ފުޅާކޮށް ކުރިއަރުވަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން އެކުލަވާލި މި ކައުންސިލާ އެކު ސިއްހީ ޓޫރިޒަމް އާއި ދަތުރުފަތުރު އަދި ތައުލީމީ ޓޫރިޒަމް ފަދަ އިތުރު ބައިތައް ގެންނަން މަސައްކަތްކުރާނެ

ރާއްޖޭގައި އެކި ބާވަތްތަކުގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއަރުވަން ވިޒިޓް އިކޮނޮމީ ކައުންސިލްގެ ނަމުގައި އިތުރު ކައުންސިލެއް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި މި ކައުންސިލް އުފެއްދީ މިއަދު ބޭއްވި، އާ ސަރުކާރުގެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުން ފާސްކޮށްގެންނެވެ. 

ފާހަގަ ކުރެވޭ ކަމެއް - ރާއްޖޭގެ އިިގްތިސޯދަށް ހުރި ގޮންޖެހުންތަކާއި އިގުތިސޯދު ކުރިއަރުވަން ކުރެވޭނެ ކަންތައް ބަލައި ދިރާސާކޮށް އެކަންތަކާ ގުޅޭ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފެއްދީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އިޖުތިމާއީ މައްސަލަތަކާ ގުޅޭ މަސައްކަތްތައް ކުރުމަށް ޕޮލިސީ ލެވެލްގައިި ކުރާނެ ކަންތައް އެކުލަވަލާ ވިލަރެސް ކުރުމަށް ސޯޝަލް ކައުންސިލެއް ވެސް އުފެއްދި އެވެ.

  • މި ސަރުކާރުގައި އިކޮނޮމިކް ކައުންސިލް ޗެއާ ކުރައްވާނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ސޯޝަލް ކައުންސިލް ޗެއާ ކުރައްވާނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ތަފްސީލް - އަލަށް އުފެއްދި ވިޒިޓް ކައުންސިލްގެ ބޭނުމަކީ ފަތުރުވެރިކަމުގެ އެކި ކޮމްޕޯނެންޓުތައް ޕްރޮމޯޓުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ، ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ޑައިވަސިފައިކޮށް ހެލްތު ޓޫރިޒަމާއި އިކޯ ޓޫރިޒަމް އަދި ކަލްޗްރަލް ޓޫރިޒަމް ފަދަ ޓޫރިޒަމްގެ އެކި ބާވަތްތައް ޕްރޮމޯޓު ކުރުމާ ގުޅޭ މަސައްކަތްތައް ކުރާނީ މި ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ.

ފަތުރުވެރިކަން ފުޅާކޮށް ކުރިއަރުވަން ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރެއިން އެކުލަވާލި މި ކައުންސިލާ އެކު ރާއްޖޭޭގައިި ސިއްހީ ޓޫރިޒަމް އާއި ދަތުރުފަތުރު އަދި ތައުލީމީ ޓޫރިޒަމް ފަދަ ޓޫރިޒަމްގެ އިތުރު ކޮމްޕޯނެންޓުތައް ކުރިއެރުވުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން ރާއްޖެ، ފަތުރުވެރިކަމުގެ ބްރޭންޑެއްގެ ގޮތުގައި ކުރިއަރުވައި އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާނީ ވެސް މި ކައުންސިލްގެ ދަށުންނެވެ.

ކޮމެންޓް (1)

ހިތަދޫ 2

20 ނޮވެމްބަރު 2023
ފައިސަލް އެހެންވީމަ ހަމަ ބޮލެއް ދޯ!؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް