އޭސީސީގެ ރައީސް ޝާމިލް ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭސީސީ

ިމި ދުވަސްވަރު ހުއްޓާލަން އަންގަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަންކަން: އޭސީ

އޭސީސީން ބުނީ މިފަހުން ހުއްޓިވި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް ކަންކަމަކީ ސީރިއަސް ތަހުގީގުތައް ހިނގަމުންދާ ކަންކަން ކަމަށް؛ އެ ކަންކަން ހުއްޓުވަނީ ވަގުތީ ގޮތުން ކަމަށް ވެސް ބުނި

މި ދުވަސްވަރު ސަރުކާރުގެ ބައެއް ކުންފުނިތަކުން ހިންގަމުންދާ ބައެއް މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވަނީ އެކަންކަން ކުރިއަށް ގެންގޮސްފި ނަމަ ދައުލަތަށް އިޔާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކުރިމަތި ވެދާނޭ ފަދަ ކަންކަމުގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ބައެއް ކުންފުނިތަކަށް ވަކި ކަންތައްތަކެއް ނުކުރުމަށް އަންގާ އޭސީސީން މިފަހުން ދަނީ އެންގުންތަކެއް އަންގަމުން ނެވެ.

އެގޮތުން:

ބުނީ ކީކޭ؟ - އެކަންކަން ހުއްޓުވާފައިވަނީ އެ ތަންތަނާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގުތަކެއް ކުރިއަށްދާތީކަން ފާހަގަކޮށް އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކަންކަން ހުއްޓުވަނީ ނުހުއްޓުވައިފިނަމަ މައްސަލަތަކުގައި ހިމެނޭ ތުހުމަތުކަށް ބަލާއިރު ދައުލަތަށާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އޭސީސީން ބުނީ:

  • އެ އެންގުންތަކަކީ ވަގުތީ އެންގުންތަކެއް؛ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެންގުމަށް ބަދަލު ގެންނަންޖެހޭ ނަމަ އެކަން އެފަދަ ތަންތަނަށް އަންގާނެ

  • ހުއްޓާލަން އަންގާފައިވާ ކަންކަމުގެ ތެރޭގައި އެ އިދާރާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތަކަށް ބުރޫއަރާ ކަންކަމެއް ނުހިމެނޭނެ

  • ހުއްޓާލަން އަންގާފައިވާ ތަންތަނުގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް