އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ

މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ އާއިލާއާ އެކު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު މިރޭ ފުރާވަޑައިގަންނަވާކަން ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅަކު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ތަފްސީލް - މިކަމާ ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލްއާ 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ އާއިލާއާ އެކު ކަމަށެވެ. ނަމަވެސް، މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވާ ސަބަބެއް އަދި އެ ގައުމުގައި ހޭދަކުރައްވަނީ ކިތައް ދުވަސް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މިއީ މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުން އެ މަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެނގުން މުހިންމު - މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17ގަ އެވެ. އެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ.

ކޮމެންޓް (1)

ފަރު

30 އޮކްޓޯބަރު 2023
ސަރުކާރު އެކުލަވާލަން ދަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް