ހުޅުމާލޭގައި ހަދަން ފަށައި ނުނިމި ހުރި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް. (ފޮޓޯ/އައިލެންޑް އެކްސްޕާޓް)

އޭސީސީ

ފުލުހުންގެ ފްލެޓުތަކުގެ ވިޔަފާރި ޔުނިޓުތައް ކުއްޔަށް ދިނުން ހުއްޓުވައިފި

އެ ޔުނިޓުތަކާ ގުޅޭ މައްސަލައެއް ބަލަމުންދާތީ މައްސަލަ ނިމެންދެން އެ ކަމާ ގުޅިގެން ކުރިއަށްދާ ހުރިހާ ކަމެއް މަޑުޖައްސާލަން ވަނީ އަންގާފައި

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓުތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދިނުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

ވީ ކިހިނެއް؟ - އޭސީސީން މިއަދު ބުނީ، އެ ޔުނިޓުތަކާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށާއި، އެހެންވެ އެ މައްސަލަ ނިމެންދެން އެ ކަމާ ގުޅިގެން ކުރިއަށްދާ ހުރިހާ ކަމެއް މަޑުޖައްސާލަން، ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީއަކުން ނުދެ އެވެ.

އެނގުން މުހިންމު - ފުލުހުންގެ ފްލެޓުތަކުގެ ކޮމާޝަލް ޔުނިޓުތައް ވަކި ބަޔަކަށް މަންފާވާ ގޮތަށް ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ.

ފުލުހުންގެ ފްލެޓް މަޝްރޫއު

  • ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޕޮލްކޯ އިން ހުޅުމާލޭ ފޭސް އެކެއްގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ފެށީ 2012ގައި

  • ދެ އަހަރު ތެރޭ ނިންމަން ހަވާލުކުރި އެ މަޝްރޫއު އަދިވެސް ނުނިމޭ

  • މީގެ ކުރިން ނޫމަޑި އަދި އައިލެންޑް އެކްސްޕާޓާ ވެސް އެ މަޝްރޫއު ހަވާލު ކުރި

  • ފަހުން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަދިވެސް މަސައްކަތް އެއްކޮށް ނިމިފައެއް ނުވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް