އިޝްތިހާރު

އާރަށު މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ އަދަބު އިއްވި ވަގުތު ޔާމީން އާއި ވަކީލުން ކްރިމިނަލް ކޯޓުގައި (ފޮޓޯ/ކްރިމިނަލް ކޯޓު)

އެއްވެސް ޝަރުތަކާނުލާ ޔާމީން ވަގުތުން މިނިވަންކުރުމަށް ވަކީލުން ގޮވާލައިފި

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ވެސް ވަކީލުން ގޮވާލި
30 ސެޕްޓެމްބަރު 2023
2

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ކ. މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް ޝަރުތެއް ނެތި ވަގުތުން މިނިވަންކުރުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިރޭ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ ވަކީލުން މިރޭ މިގޮތަށް ގޮވާލީ އެމަނިކުފާނުގެ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މާލޭ މޭޔަރު މުއިއްޒު ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ.

ޔާމީންގެ ވަކީލުންގެ ބަޔާނުގެ ކުރިން، އެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ނޫސްވެރިންނާ ވާހަކަދައްކަވައި ވެސް އެމަނިކުފާނު ޝަރުތަކާނުލައި ދޫކޮށްލުމަށް ގޮވާލެއްވި އެވެ.

ބުނީ ކީކޭ؟ - "މިއަދުގެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް އިތުރު އެއްވެސް ޝަރުތެއް ނެތި، ވަގުތުން ވަގުތަށް ރައީސް ޔާމީން މިނިވަންކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދައުވާތައް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށާއި، ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" ޔާމީންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޔާމީންގެ ވަކީލުން ބުނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކަކާއި ނުހައްގު ހުކުމްތަކެއް ކަމަށެވެ.

އިޝްތިހާރު

ކޮމެންޓް (2)

ކާރި

1 އޮކްޓޯބަރު 2023
ކުރިވައްކަން ހަނދާންނެތުނީ؟؟
1 0

58777

1 އޮކްޓޯބަރު 2023
ވެރިކަން ބަދަލުވީމަ އޭނަގެ ކުއްތައްފުހެވުނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް