ރިޔަސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފުރަތަމަ ބުރަށް ވުރެ މި ބުރުގައި 20،000 އެއްހާ މީހުން އިތުރަށް ވޯޓުލި

ވޯޓު ލެވޭ އާބާދީގެ %86.8 މީހުން ވަނީ ދެވަނަ ބުރުގައި ވޯޓުލާފައި
30 ސެޕްޓެމްބަރު 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ވުރެ އިތުރަށް 20،000 އެއްހާ މީހުން ދެވަނަ ބުރުގައި ވޯޓުލާފައިވާ ކަމަށް ދައްކައިފި އެވެ.

މިއަދު ބޭއްވި ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރި ހޯއްދަވައިފަ އެވެ.

ތަފްސީލް - ދެވަނަ ބުުރުގެ ވޯޓުލުން ނިންމާލައި، ވޯޓު ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މިހާާތަނަށް އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޯޓު ލެވޭ އާބާދީގެ %86.8 މީހުން ވޯޓުލާފައިވާ ކަމަށެވެ.

ދެވަނަ ބުރުގައި 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު، މިހާތަނަށް  ބަލާއިރު، އޭގެ ތެރެއިން 245,473 މީހުން ވަނީ ވޯޓު ލައިފަ އެވެ. 

ފުރަތަމަ ބުރުގައި ވޯޓުލާފައިވަނީ 225,486 މީހުންނެވެ. އެހެންކަމުން ފުރަތަމަ ބުރާ އަޅާބަލާއިރު މި ބުރުގައި މަދުވެގެން 19،987 މީހުން މިވަނީ އިތުރަށް ވޯޓު ލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް