އިޝްތިހާރު

6 ފެބްރުއަރީ 2023 - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަލާމްކުރައްވަނީ (ފޮޓޯ/މަޖިލިސް)

ގިނަ މީހުން އަދިވެސް ތާއީދުކުރަނީ ރިޔާސީ ނިޒާމަށް: ސާވޭ

ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ %12 މީހުން؛ %19 މީހުން އަދި ގޮތެއް ނުނިންމާ
28 ސެޕްޓެމްބަރު 2023
1

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ތައްޔާރުވަމުން އަންނައިރު، ގިނަ މީހުން އަދިވެސް ތާއީދުކުރަނީ ރިޔާސީ ނިޒާމަށްކަން، ރާއްޖޭގައި ދިރާސާކުރާ ބާނީ ސެންޓަ ފޯ އިންޓަނޭޝަނަލް ޕޮލިސީއިން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެނޭތޯ ބެލުމަށް އަންނަ މަހުގެ 30ގެ ކުރިން ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ގަރާރެއް ފާސްކޮށްފަ އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެ ގަރާރު މަޖިލީހުގެ އިދާރާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޮނުވާފަ އެވެ.

  • އެއާ އެކު، އީސީން ވަނީ އަންނަ މަހުގެ 29ގައި ނިޒާމީ ވޯޓު ނަގަން މަޝްވަރާކުރަމުން އަންނަކަން ހާމަކޮށް، އެ ވޯޓުގައި އަހާނެ ސުވާލު ސާފުކޮށްދިނުުމަށް މަޖިލީހުގެ އިދާރާގައި އެ ދުވަހު އެދިފައި

  • ނަމަވެސް، މި ހަފްތާގައި ބާއްވަން އުޅުނު މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން އެ މައްސަލަ ކުރިއަކަށް ނުގެންދެވުނު

ތަފްސީލް - މި މަހުގެ 23 އާއި 26އާ ދެމެދު ބާނީން ކުރިއަށް ގެންދިޔަ މި މަހުގެ ސާވޭގެ ނަތީޖާ މިއަދު އާންމުކޮށްފައި ވާއިރު، އެ ސާވޭން ދައްކާ ގޮތުގައި %64 މީހުން ތާއީދުކުރަނީ ރިޔާސީ ނިޒާމަކަށެވެ.

  • ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ %12 މީހުން

  • 19% މީހުން އަދި ގޮތެއް ނުނިންމާ

  • އެހެންކަމުން، ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ދިމޮކްރެޓްސް ޕާޓީން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު

ފާހަގަކޮށްލެވޭ ކަމެއް - ބާނީން ބުނީ މިއަދު ނެރުނު ސާވޭ ހަދާފައިވަނީ:

  • ރާއްޖޭގެ ވޯޓުލާ އާބާދީ ރަމްޒުވާނެހެން %95 ކޮންފިޑެންސް ލެވެލްއަކާއި %5 މާޖިން އޮފް އެރާއަކާ އެކު

  • އޭގެ މާނައަކީ ސާވޭ އެކި ފަހަރު މަތިން އެ މުއްދަތުގެ ތެރޭގައި ހެދި ނަމަވެސް، %95 ފަހަރު ނަތީޖާތައް ލިބޭނީ މި ސާވޭގައި ފާހަގަކޮށްފައިވާ އަދަދުތަކުގެ %5 ތެރެއިން

  • ސާވޭގެ ބައިވެރިން ހޮވާފައިވަނީ 'ރެންޑަމް ސާމްޕްލިން މެތަޑް' ބޭނުންކޮށްގެން

އިޝްތިހާރު

ކޮމެންޓް (1)

ޙަުނއނސކ

28 ސެޕްޓެމްބަރު 2023
ތި ބޭފުޅުންގެ ރިޔާސީ ސަރވޭގެ ނަތީޖާއަށް ބަލާލުން އެދެން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް