އިޝްތިހާރު

13 އޮގަސްޓް 2023، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީ ކުރާ 'އަމާން އުދަރެސް'ގެ ފްލެޓުތައް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ފްލެޓް ލިބޭ މީހުން ޕޯޓަލް މެދުވެރިކޮށް މިހާރު އެނގޭނެ

ވަގުތީ ލިސްޓުން އުނިވި މީހުންނަށް ޝަކުވާ ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ވަނީ ދީފައި
26 ސެޕްޓެމްބަރު 2023
5

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމަށް މި ސަރުކާރުން ހިންގާ 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިރޭ ނެރެފި އެވެ.

ވީ ކިހިނެއް؟ - 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ތިން ކޮޓަރީގެ އެޕާޓްމަންޓަށް - 14،489 މީހުން

  • ދެ ކޮޓަރީގެ އެޕާޓްމަންޓަށް - 6،208 މީހުން

ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ އަދަދު 13،000އަށް ވުރެ ގިނަ އެވެ.

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމައި ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިިދިޔަ މަހުގެ 8ގައި ވަނީ ނެރެފަ އެވެ. އަދި މިދިޔަ މަހުގެ 22އާ ހަމައަށް ޝަކުވާ ހުށަހަޅަން ހުޅުވާލައި އެކަމަށް އިތުރު ހަފްތާއެއްގެ މުއްދަތު މިނިސްޓްރީން ދިނެވެ. 

ތަފްސީލް - ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ލިބޭކަން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

އަދި ޝަރުތު ހަމަނުވާ މީހުންނަށް ވެސް ޝަރުތު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ދީފައިވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެހެންވެ، މިނިސްޓްރީން ވަނީ ޝަރުތު ހަމަނުވާ މީހުންގެ އިތުރު ޝަކުވާއެއް އޮތް ނަމަ މިއަދުން ފެށިގެން ކުރިޔަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ގުޅުންހުރި -  'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ވަނީ މާލެ ސަރަހައްދުން އިތުރު 4،000އަށް ވުުރެ ގިނަ ގޯއްޗާއި 8،000 ފްލެޓަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފަ އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު ކުރި އިއުލާނެއްގައިވާ ގޮތުން، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 3 ޖެހުމާ ހަމައަށް މި ސްކީމަށް ފޯމު ހުށަޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އިޝްތިހާރު

ކޮމެންޓް (5)

ނަޒުމާ

27 ސެޕްޓެމްބަރު 2023
ފުލެޓް ލިބުނު މީހުން ޢާންމުކޮށް އިޢުލާން ނުކުރެވޭނެތަ!
0 0

ކްރިސް

26 ސެޕްޓެމްބަރު 2023
ދޭ ރިޔަލީ ތޯޓް އަސް ރާއްޖެތެރެ ޕީޕަލް އާރ ޑަމްބް.
0 0

ޢަލީ

26 ސެޕްޓެމްބަރު 2023
ކުޑަކުރަންބުނި ވިނަރެސްގެ ޑައުންޕޭމަންޓާއި ކުލީގެ ހަބަރެއްނުވޭ ހަނދާންނެތުނީތަ
0 0

ގުއިރަވާ

26 ސެޕްޓެމްބަރު 2023
ޖަހާފަ އިނީ ޝަރުތު ހަމަވޭ، ފުލެޓް ލިބޭ. މިފަހަރު ވޯޓުން ބަލިކުރާނީ. އަސްލަމާއި އަކުރަމުގެ ސަބަބުން އިބޫއަށް ގޮނޑިގެއްލޭނީ.
3 1

ހޯކޯމާރު

27 ސެޕްޓެމްބަރު 2023
@ގުއިރަވާ ކަލޭމެނަށް އެއްގޮތެއްވެސް ރަނގަޅެއްނޫނެެްނު. ލިބުނަސް ކަމަކުނުދޭ. އެންމެންގެ ނަން ފުރަތަމަ ފެންނާކަށް ނުޖެހޭ. ފަހުން ދައްކާނެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް