ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އަޅާފައިިވާ ބައެއް އުޅަނދުތައް -- ފޮޓޯ/ އާބަންކޯ
ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް އާބަންކޯ އިން ނަގަން ފަށައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ބިން ދިނުމަށް ހުޅުމާލެ ފަޅުން ހިއްކާ ސަރަހައްދު ހިއްކުމަށް އެ ތަނުގައި ނުނަގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމަށް ހުޅުމާލޭ ފޭސް 2ގެ ހުޅަނގަށް އޮންނަ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެވެ.
އާބަންކޯ އާއި ސީއެމްސީއާ ދެމެދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފަޅުގެ އިތުރުން ތިލަފުށިން އިތުރު ބަޔަކާއި ދިޔަނެރު ފަޅު ހިއްކަން ވަނީ ނިންމާފަ އެވެ.
ތަފްސީލު- މިއަދު އާބަންކޯ އިން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މިއަދު ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި ކަނޑު ދަތުރުކުރާ އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އަންގައިފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް ބައެއް އުޅަނދުތަައ މިއަދާއި ހަމައަށް ވެސް ނަގާފައި ނުވާތީ އެ އުޅަނދުތައް ނެގުމުގެ މަަސައްކަތް އާބަންކޯގެ ފަރާތުން ދަނީ ކުރަމުން ކަމަށް ވެސް އެ މެސެޖުގައި ބުންޏެވެ.