Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 7:30 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ކެމްޕޭނަަށް ރައީސް މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަނީ (ފޮޓޯ/ އެމްޑީޕީ)

މުއިއްޒުގެ 'ކައުންސިލް މިނިސްޓްރީ' ރައީސް ސިފަކުރެއްވީ ބިރުވެރި ކަމެއްގެ ގޮތުގައި

ރައީސް ވިދާޅުވީ އިދިކޮޅުގެ ވެރިކަމެއްގައި ރާއްޖެ ދާނީ އެތައް އަހަރެއް ފަހަތަށް ކަމަށް
18 ސެޕްޓެމްބަރު 2023

މިހާރަށް ވުރެ ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރުމަށް ޓަކައި ވަކިން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކީ "ވަރަށް ވަރަށް ބިރުވެރި" ވާހަކައެއްގެ ގޮތުގައި އޭނާގެ ވާދަވެރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސިފަކުރައްވައިފި އެވެ.

އެނގުން މުހިއްމު - ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ނޮޅިންވަރަންފަރަށް ވަޑައިގެން މުއިއްޒު ވަނީ، މިހާރު ނިޒާމު އޮންނަ ގޮތުން ކައުންސިލްތައް ހަގީގީ ބާރުވެރިކަމެއް ލިބިފައި ނެތް ކަމަށާއި، އެކަމަށް އޮތް ހައްލަކީ ކައުންސިލްތަކަށް ވަކިން ހާއްސަ މިނިސްޓްރީއެއް އުފެއްދެވުން ކަމަށް ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އެފަދަ މިނިސްޓްރީއެއް ގާއިމުކުރައްވާނެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒުގެ 'ކައުންސިލް މިނިސްޓްރީ'އާ ގުޅިގެން ރައީސް މިއަދު ވާހަކަދެއްކެވީ، މާލޭގައި ބޭއްވި އެމްޑީޕީގެ 'ޑޯ ޓު ޑޯ' ހަރަކާތުގެ ތެރެއިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ.

ބުނީ ކީކޭ؟- "ވަރަށް ވަރަށް ވަރަށް ބިރުވެރި ވާހަކައެއް އެ ދައްކަވަނީ. އަނެއްކާ ވެސް ބާރުތައް ސެންޓްރަލައިޒް ކުރުމުގެ މަސައްކަތެއް އެ ކުރަައްވަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން އޮތް ޕީޕީއެމްގެ ވެރިކަމުގައި އޮތީ ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެފައި ކަމަށާއި އެފަދަ މިނިސްޓްރީއެއް އުފައްދައިފި ނަމަ ކައުންސިލްތަކުގެ ބާރުތައް ޖަމާވާނީ ވެރިކަން ކުރާ މާލެއަަށް ކަމަށެވެ. އަދި އެއީ އެތައް އަހަރެއް ފަހަތަށް ދިއުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެ ބޭފުޅުން އަނބުރާ މާލެއަށް ބާރުތައް ޖަމާކުރާތަން. އެއީ ބިރުވެރިކަމެއް. އެއަށް ފުރުސަތު ލިބިއްޖިއްޔާ އަނެއްކާ ވެސް އެނބުރި އަޅުގަނޑުމެން ދާނީ އެތައް އަހަރެއް ފަހަތަށް،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްްޖެއަށް ލާމަރުކަޒީ ނިޒާމެއް ތައާރަފްކުރުމުގެ ކުރިން އަތޮޅުތެރޭގެ ކަންކަން ބަލަހައްޓަން އެޓޯލްސް މިނިސްޓްރީގެ ނަމުގައި ވަކި ހާއްސަ ވުޒާރާއެއް ހުރެ އެވެ. އެ ނިޒާމަށް، ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ހިންގި އިސްލާހީ ހަރަކާތުގައި ވެސް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއިރު، ލާމަރުކަޒީ ނިޒާމު ގެެނެސް، އެލްޖީއޭ އެކުލަވާލީ އެ ފާޑުކިޔުންތަކަށް ހައްލެއް ހޯދައިދިނުމަށެވެ.

މުއިއްޒުގެ އެ ވައުދާ އެކު، އަނެއްކާ ވެސް އެޓޯލްސް މިނިސްޓްރީއެއް އުފައްދައި  ކައުންސިލްތަކުގެ ބާރުތައް ހިފަހަޓަން އުޅޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ސޯޝަލް މީޑީއާގައި ވެސް ވަނީ އަމާޒުވެފަ އެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް