ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. ހިމަންދޫއަށް ވަޑައިގެން ރައީސް ސޯލިހު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

ކަނޑުގަދަވިޔަސް އަޅުގަނޑުމެންނަށް އަމާން މަންޒިލަށް ވާސިލްވެވޭނެ: ރައީސް

ރައީސް ވިދާޅުވީ މި ސަރުކާރަށް ކަންކަން ހާސިލްކުރެވެނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަންނާތީ ކަމަށް
31 އޯގަސްޓު 2023

އަމާން މަންޒިލަކަށް ވާސިލްވުމަށް ކަނޑައްތު ކުރަން ޖެހޭ "ކަނޑު ގަދަވިޔަސް"، އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހް ދެވަނަ ދައުރެއް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ 'އުފާވެރި، އަމާން ރާއްޖެ' ޝިއާރުގެ ދަށުންނެވެ. އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ އުއްމީދު އެމްޑީޕީގެ ސަޕޯޓަރުންނަށް ރައީސް ސޯލިހު ދެއްވީ، އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު އއ. ހިމަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ބުނީ ކީކޭ؟ - އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެހެން ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުން ހިމަންދުއަަށް އަޅާލަނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

"ސިޔާސީ ހަމަބޮލިކަމުގެ ތެރެއަށް ސަރުކާރު ނުގޮސް، ހަމައެކަނި އަޅުގަނޑުމެންގެ އަމާޒަކަށް ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން އެއީ އެންމެ މުހިއްމު ކަމުގެ ގޮތުގައި ދެކިގެން ކުރިއަށް ދިޔައީމަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރަައީސް ވިދާޅުވީ:

  • އަދިވެސް އަމާޒަކީ އެ ގޮތުގައި ކުރިއަށް ވަޑައިގަތުން 

  • ކިތަންމެ ގަދަ ކަނޑެއްގައި ވެސް، އެކަން ކުރުމަށް ނުކުންނަވައިގެން ހުންނެވި "އޮޑި"އަށް ކުރިއަށްދެވޭނެ 

  • އެމްޑީޕީގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް

"އަޅުގަނޑުމެން މި ތިބީ ކަނޑަށް ނުކުމެ، އޮޑިއާ އެކު. ރާޅު ވެސް ޖހާނެ. އެހެން ވިޔަސް، އަޅުގަނޑުމެން ދާން ޖެހޭނީ ކުރިއަށް. މިސްރާބު ރަނގަޅަށް ހިފައިގެން ކުރިއަށްދާ ކަމަށް ވަންޏާ އަޅުގަނޑު ހިތުން މަންޒިލް ހާސިލްވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަނީ އެ ދިމާލަށް،" ރައީސް ވިދާޅުވި އެވެ.

"ކަނޑު ގަދަވިޔަސް އަޅުގަނޑުމެންނަށް ދުއްވޭނެ. އޮމާން، މޫސުން ރަނގަޅު ދުވަސް ދުވަހު ވެސް އަޅުގަނޑުމެންނަށް ދުއްވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ އެ މަންޒިލަށް ދިއުން. އިރާދަކުރެއްވިއްޔާ އެކަން ވާނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް