ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ.

ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުން ދުއްވި ކާރުގެ ވެރިޔާ ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން މިރޭ މާލޭން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް

ނ. މަނަދޫގައި މިދިޔަ މަހުގެ ކުރީކޮޅު ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތިން ވަނަ މީހަކު މިރޭ މާލެއިން ހައްޔަރުކޮށްފި އެވެ. 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އެއީ ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން އެ ރޭ ދުއްވި ކާރުގެ ވެރިޔާ އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި ގާތްގަނޑަކަށް ދޮޅުމަސް ފަހުން މިިދިޔަ ހަފްތާގެ ތެރޭގައި މަނަދޫން ދެ ޒުވާނަކު ހައްޔަރުކޮށްފައި ވާއިރު، ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ މާލޭން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ތަފްސީލް - މިކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް، އިތުރުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، މިރޭ ހައްޔަރުކުރި ޒުވާނާ އަކީ އެ ކާރުގެ ވެރިފަރާތުގެ އިތުރުން، އެ ރޭ އެ ކާރު ދުއްވަން އިން މީހާ ކަމަށް ވެސްވެ އެވެ.

  • ނައީމާ މަރާލި ރޭ، އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާ ދިވެހި ދެ ފިރިހެނުން ގިނަ އިރުތަކެއް ވާންދެން ކާރެއްގައި ރަށުތެރޭގައި ދުއްވި ކަމަށްވޭ

  • ފުލުހުން ވަނީ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވައި ކާރުގައި އުޅުނު ގޮތް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ކުޅުވާފައި 

  • މިހާރު އެ ކާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި

ގުޅުން ހުރި ކަމެއް - މީގެ އިތުރުން، ފުލުހުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ހޯދާފަ އެވެ.

މީގެ ކުރިން ފުލުހުން ވަނީ، ނައިމާ މަރާލާފައި އޮއްވާ ފެނުނު ތަނުން އެހެން މީހެއްގެ ޑީއެންއޭ ވެސް ހޯދާފަ އެވެ. އެއީ ކާކުގެ ޑީއެންއޭއެއްކަން ދެނެގަތުމަށް އެ ރަށުގެ ގިނަ ބައެއްގެ ސާމްޕަލް ވެސް ނަގާފައިވެ އެވެ.

ކޮމެންޓް (4)

ނާގާބިލު

29 މޭ 2023
21 އަހަރުގަ ކާރު ގަނެލައިގެން. ދެން ކިހިނެެއް ގޭންގުތައް ހުއްޓުވާނީ. ގޭންގުތައް ހުއްޓުވެއް އޮތީ ޑްރަގު ފަހާ ދުވެގެނެއް ނޫން. ފައިސާ ފަހާ ދުވެގެން. އެކަމަކު ސަރުކާރަކަށް ނެތް ފައިސާ ފަހާ ދުވޭކަށް. ފައިސާ ފަހާ ދުވެ ތިޖޫރިތަކަށް ވަންނަ އިރު އެތާ ތިބޭނެ ޑުރަގު ލޯޑާ އެކު ސިޔާސީ ވެރިންވެސް. އެހެންވީމަ ރާއްޖޭގަ މިކަން ނެތް މީން ޒަމާނަކު ހުއްޓޭކަށް.
2 0

އާއިލީ ރައްޓެއްސެއް

29 މޭ 2023
@ނާގާބިލު އެހެން މީހުންނަށް އިގިލި ދިއްކުރާއިރު ތިމާގެ އާއިލާ އަށްވެސް އެފަދަ ކަމެއްދިމާވެދާނެ. ތިމާމެން ކުރާކޮމެންޓުން އާއިލާ އަށް އަސަރު ކުރާނެކަން ވިސްނަވާ. ތި ކާރަކީ އެކުއްޖާގެ ބައްޕަ ގަތް ކާރެއް. އެ އާއިލާ އަކީ ރަގަޅު އާއިލާއެއް. މި ރާއްޖޭގަ ކޮން އާއިލާއެއްތޯ ހުރިހާ މީހުން ރަގަޅުވެފަހުރީ؟
0 0

ޔާގޫތު

29 މޭ 2023
އެ ކާރު ރަޖިސްޓަރީ އޮންނަނީ ތިހައްޔަރު ކުރި މީހާ ނަން މަތީ އެއް ނޫން
0 0

އަލީ ޝަރީފް

28 މޭ 2023
ރަށަށް މަޝްހޫރު ޑީލަރެއް. ވަޒީފާއެއް ނެތި 21 އަހަރުގަ ކާރު ގަނެވޭތަ؟ ތި މަރުގާ ޝާމިލުވާ އިތުރު މީހުން އަދިވެސް ތިބޭނެ. ގެރޭ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް