Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެންމެ މަތީ ދަރަޖާގައި ފާސްވި ދަރިވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިނާމު ހަވާލުކޮށްދެއްވަނީ. ފޮޓޯ/ރައީސް އޮފީސް

ސައްހަ އަގީދާގެ މަތީގައި ޒުވާނުން ބިނާ ކުރުމަށް އައިޔޫއެމް އިން ބޮޑު ދައުރެއް އަދާކުރޭ: ރައީސް

އިސްލާމިކް ޔުނިވާސިޓީ އިން 709 ދަރިވަރަކު ރޭ ވަނީ ދަސްވެނިވެފައި

އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީ ޒުވާނުން ބިނާ ކުރުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ތަފްސީލް - އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ އެކު، އައިޔޫއެމް އިން ކުރަނީ ވަރަށް އެދެވޭ މަސައްކަތްތަކެއް ކަމަށާއި އެކަން އުފަލާ އެކު ފާހަގަކުރައްވާ ކަމަށެވެ.

މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ވެފައިވާ ވައުދު ފުއްދުމުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އައިޔޫއެމް އިން ކުރާ މަސައްކަތް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"މިފަދަ ދާއިރާތަކުގެ ބޭފުޅުންނަށް އިތުރު ތައުލީމް ދިނުމުން ނުކުންނާނެ އެތައް ރަނގަޅެއް އަޅުގަނޑުމެންނަށް ތަސައްވަރު ކުރެވޭ. ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އަހުލާގީ ގޮތުން ވެސް، ކިތަންމެ އިސްލާހީ ބަދަލުތަކެއް އަޅުގަނޑުމެންގެ މުޖުތަމައަށް އަންނާނެ. އޭގެ ތެރެއިން ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތައް މަދުވުމަށް މަގުފަހިވެގެންދާނެކަން،" ރައީސް ވިދާޅުވި އެވެ.

  • ޑިގްރީ ފެންވަރަށް އިމާމުން ތަމްރީނު ކުރުމަށް 2020 ވަނަ އަހަރު ފެށި  މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރޭ 78 އިމާމުން ވަނީ ދަސްވެނިވެފައި

  • ރައީސް ވިދާޅުވީ އެއީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް 

  • ރައީސްގެ ކޮއްކޯފުޅަކު ވެސް ވަނީ އިމާމު ކޯސް ފުރިހަމަކޮށް ރޭ ޑިގްރީ ހާސިލް ކުރައްވާފައި؛ އެހެންކަމުން ރޭ ދަސްވެނިވި ދަރިވަރެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ވެސް އުފާ އިހުސާސް ކުރެއްވޭ ކަމަށް ރައީސް ވިދާޅުވި

އައިޔޫއެމް އަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ފެތުރުމުގައި އެ ޔުނިވާސިޓީން އަދާކޮށްފައިވަނީ އަދި އަދާކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއް ކަމަށެވެ.

"މިއަދުގެ ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ޔުނިވާސިޓީއަކީ އިސްލާމްދީނުގެ ސައްހަ އަގީދާއާ އެއްގޮތަށް ދީނީ އިލްމު ފަތުރާ މި ސަރަހައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - އައިޔޫއެމް އިން 709 ދަރިވަރަކު ރޭ ދަސްވެނިވި އިރު ނުވަ ދަރިވަރަކު ވަނީ އެންމެ މަތީ ދަރަޖާގައި ފާސްވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް