ތޮއްޑޫގެ ކަރާ ދަނޑުތައް: ދަނޑުވެރިކަން ކުރަން ފަޅުރަށްރަށް ކުއްޔަށް ދޭން ފަށާނެ އިރެއް ނޭނގޭ (ފޮޓޯ/ ތޮއްޑޫ ކައުންސިލް)

ދަނޑުވެރިކަމަށް ފަޅުރަށްރަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

މިގޮތަށް ކުއްޔަށް ދިނުން ހުއްޓާލީ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނުވޭ
12 އޭޕްރީލު 2023

ފަޅުރަށްރަށް ކުއްޔަށް ނަގަން އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި، ކުއްޔަށް ދޫކުރުން ސަރުކާރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ވީ ކިހިނެއް؟- ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާއި، ކުއްޔަށް ހިފުމަށް ހުށަހަޅާ ހުށަހެޅުންތައް މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

ތަފްސީލް- ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނީ އެކަން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމީ، 'ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގަވާއިދު' އަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ. ރަށްރަށް މިގޮތަށް ކުއްޔަށް ދިނުން ހުއްޓާލީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެ އެވެ. 

އެނގުން މުހިއްމު- ފަޅުރަށްރަށާ ބެހޭ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނިއިރު، އެ މިނިސްޓްރީން ވަނީ މިދިޔަ އަހަރު ވެސް އެ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ. މިދިޔަ އަހަރުގެ މާޗުގައި ގަވާއިދަށް ގެނައި ބައެއް އިސްލާހުތަކަކީ:

  • ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށް ކަނޑައެޅުން

  • އެއްބަސްވުމާ ހިލާފު ނުވި ނަމަވެސް، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ބަދަލު ދިނުމަކާ ނުލައި ރަށް އަތުލުމުގެ ބާރު މިނިސްޓަރަށް ދިނުން

  • ވަރުވާއަށް ހިފައިފައިވާ ރަށް ސަރުކާރަށް ނަގާ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިހްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވޭ  

އިތުރު އާޓިކަލް

އިތުރު އާޓިކަލް