ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް

ރައީސް ސޯލިހުގެ ނަމުގައި ހިންގި ފޭކު އިންސްޓަގްރާމު އެކައުންޓު ނަގައިފި

އެ އެކައުންޓުގައި ވަނީ ރައީސްގެ އަމިއްލަފުޅު އެކައުންޓުގައި ހުރި ފޮޓޯތައް ޕޯސްޓުކޮށްފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމުގައި ހިންގަމުންދިޔަ ފޭކު އިންސްޓަގްރާމު އެކައުންޓެއް އާންމުންގެ ސަމާލުކަމަށް ގެނައުމާ އެކު އެ އެކައުންޓު ޑިލީޓުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރައީސްގެ ނަމުގައި ފޭކު އިންސްޓަގްރާމު އެކައުންޓެއް ހިންގަަމުންދާކަން އާންމުންގެ ސަމާލުކަމަށް ރޭ ގެންނަވާފަ އެވެ.

ތަފްސީލު - ފޭކު އެކައުންޓު މިހާރު އިންސްޓަގްރާމުން ރިމޫވްކޮށްލާފައި ވާއިރު، އެ އެކައުންޓުގައި ވަނީ ރައީސްގެ އަމިއްލަފުޅު އެކައުންޓުގައި ހުރި ފޮޓޯތައް ޕޯސްޓުކޮށްފަ އެވެ.

އެނގުން މުހިންމު - ރައީސްގެ އިންސްޓަގްރާމު އެކައުންޓަކީ ވެރިފައިކޮށްފައިވާ އެކައުންޓެކެވެ.

ފޭކް އެކައުންޓުތައް ހިންގާކަން އިންސްޓަގްރާމުގެ ސަމާލުކަމަށް ގެނައުމުން އެފަދަ އެކައުންޓުތައް ރިމޫވްކޮށްލަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް