މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން އަލް އަގްސާ މިސްކިތަށް ވަދެ އެ ތަނަށާއި އަޅުކުރަން ކުރަން ތިބި ފަލަސްތީނު މީހުންނަށް ވަނީ ހަމަލާދީފައި. (ފޮޓޯ/ސީއެންއެން

ފަލަސްތީން

އިޒްރޭލުން އަގްސާ މިސްކިތަށް ވަދެ އަޅުކަންކުރަން ތިބި މީހުންނަށް ހަމަލާދިނުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިޒްރޭލުގެ ސިފައިން އަގްސާ މިސްކިތަށް ވަދެ، އެ ތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީން މީހުންނަށް ދިން ހަމަލާތަކުގައި 12 މީހަކަށް ވަނީ އަނިޔާވެފައިިވާ ކަމަށް ބޭރު ނޫސްތަކުން ރިޕޯޓުކުރޭ
5 އޭޕްރީލު 2023

އިޒްރޭލް ސިފައިން އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ، އެ ތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީނު މީހުންނަށް ހަމަލާ ދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިޒްރޭލުގެ ސިފައިން އަގްސާ މިސްކިތަށް ވަދެ، އެ ތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީން މީހުންނަށް ހަމަލާދިނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ހަމަލާތަކުގައި އެ ތަނުގައި ތިބި ފަލަސްތީނުގެ 12 މީހަކަށް އަނިޔާވެފައިިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން އަލް އަގްސާ މިސްކިތަށް ވަދެ އެ ތަނުގައި އަޅުކުރަން ކުރަން ތިބި ފަލަސްތީނު މީހުންނަށް ވަނީ ހަމަލާދީފައި. (ފޮޓޯ/ސީބީއެސް ނިއުސް

ތަފްސީލު - ދިވެހި ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލް ސިފައިން އަގްސާ މިސްކިތަށް ވަދެ، އެ ތަނަށް ގެއްލުންދިނުމާއި އަޅުކަންކުރަން ތިބި ފަލަސްތީނު މީހުންނަށް ދިން ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ސެކިއުރިޓީ ކައުންސިލް އަދި އާންމު މަޖިލީހުގެ މުއާހަދާތަކާ ވެސް ހިލާފު އަމަލުތަކެއް. މިފަދަ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭ،" ދިވެހި ސަރުކާރުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުގައި:

  • ދިވެހި ސަރުކާރާއި ދިވެހިން ތިބީ ފަލަސްތީން ރައްޔިތުންނާ އެކުގައި ކަމަށް ފާހަގަކޮށްފައިވޭ

  • ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދު ވެސް އެއްބާރުުންދޭނެ

  • މިކަމުގައި ދިވެހި ސަރުކާރުން ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާނެ

ސަރުކާރުގެ ބަޔާނުގައި، ފަލަސްތީނު - އިޒްރޭލް މައްސަލައަށް ސުލްހަވެރި ހައްލެއް ލިބޭނީ، 'ޓޫ-ސްޓޭޓް ސޮލިއުޝަން'އަކުން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް