ޖޭއެމްސީ މުވައްޒަފުންގެ އެކޮމަޑޭޝަން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ހަޅުތާލު ކުރި ފްލެޓް ހަދާ މުވައްޒަފުން އަލުން މަސައްކަތް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާކަމަށް

އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރާ ފްލެޓްތައް ހެދުމުގެ މަސައްކަތްކުރާ މަސައްކަތްތެރިން ކުރި ހަޅުތާލު ނިންމާލުމަށް ފަހު އެ މީހުން އަލުން މަސައްކަތް ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޖޭއެމްސީގެ 2،000 އެއްހާ މުވައްޒަފުން މިދިޔަ މަހުގެ 25 އިން ފެށިގެން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރަން ފެށީ މައިގަނޑު ތިން ސަބަބަކާ ހުރެ އެވެ. އެއީ:

  • ކާން ދޭ އެއްޗެހީގެ ސާފުތާހިރުކަން ކުޑަވުން ނުވަތަ ކުނިވެފައި ހުންނަ އެއްޗެހި ކާން ދިނުން

  • މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނެފައި ވަނީ އަށް ގަޑިއިރު؛ އެކަމަކު އިތުރު ގަޑީގެ ފައިސާ ނުދީ 10-11 ގަޑިއިރު މަސައްކަތް ކުރުވާ މައްސަލަ

  • ސިއްހީ ފަރުވާ ނުލިބުމުން

މި މަޝްެރޫއު ޖޭއެމްސީއާ ހަވާލު ކުރި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ވަނީ މިކަމާ ގުޅޭ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - އެ ބަޔާނުގައި ބުނީ، މަސައްކަތް މެދުކެނޑުމަށް ފަހު މިދިޔަ ހުކުރު ދުވަހުން ފެށިގެން މަސައްކަތްތެރިން އަލުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު އެ ކޯޕަރޭޝަންއަށް ލިބުނު ވަގުތުން ފެށިގެން މުވައްޒަފުންނާއި ކޮންޓްރެކްޓަރާ ދެމެދު ހުރި މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ކޮންޓްރެކްޓް މައުލޫމާތު ދެނީ މިހާރު ހުރިހާ ކަމެއް ހައްލު ކުރެވިފައިވާ ކަމަށާއި މުވައްޒަފުން އެދިފައިވާކަންކަމަށް ރިއާޔަތްކޮށް އެކަންކަން ހަމަޖައްސައިދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށް،" އެކަން ގާތުން ބަލަމުން ގެންދާކަން ފާހަގަކޮށް، ބަޔާނުގައި ބުންނެފައިވެ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ:

  • ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ ފައިސާ ގަވައިދުން ދަނީ ދައްކަމުން

  • މަޝްރޫއު ހިންގުމަށް އެ ކޯޕަރޭޝަނުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް