ޖޭއެމްސީ މުވައްޒަފުންގެ އެކޮމަޑޭޝަން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ފްލެޓް އަޅާ އިންޑިއާގެ މަސައްކަތްތެތެރިން ހަޅުތާލުކުރާތާ ހަފްތާއެއް

މާ ގިނަ އިރު މަސައްކަތް ކުރަން ޖެހުމާއި ކުނިވެފައި ހުންނަ ކާތަކެތި ދިނުން ފަދަ ކަންކަމާ ގުޅޭ ގޮތުން އެ މީހުން ޝަކުވާކުރޭ

މި ސަރުކާރުން ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެއް މަޝްރޫއުގެ މަސައްކަތް ކުރާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މަސައްކަތްތެރިން މަސައްކަތް ހުއްޓާލުމަށް ފަހު، ހަޅުތާލު ކުރާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ ކަމަށް އެ މީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު 'ދައުރު'ގެ ނޫސްވެރިން ވަނީ އެ މަސައްކަތްތެރިން ދިރިއުޅޭ ތަނަށް ގޮސް އެ މީހުންނާ ވާހަކަދައްކާފަ އެވެ.

ތަފްސީލު - އެ މީހުންގެ އޮތީ މައިގަނޑު ތިން ކަންބޮޑުވުމެކެވެ. އެއީ:

  • ކާން ދޭ އެއްޗެހީގެ ސާފުތާހިރުކަން ކުޑަވުން ނުވަތަ ކުނިވެފައި ހުންނަ އެއްޗެހި ކާން ދިނުން

  • މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނެފައި ވަނީ އަށް ގަޑިއިރު؛ އެކަމަކު 10-11 ގަޑިއިރު، އިތުރު ގަޑީގެ އުޖޫރަައެއް ނެތި ހުއްޓުމެއް ނެތި މަސައްކަތް ކުރުވުން

  • ސިއްހީ ފަރުވާ ނުލިބުމުން

"އަހަރެމެންގެ 2،000 އެއްހާ މުވައްޒަފުން މި ކަންބޮޑުވުންތަކާ ގުޅިގެން މަސައްކަތް ހުއްޓާޅާފައި ހަޅުތާލު ކުރާތާ މިހާރު ހަފްތާއެއް ވެއްޖެ،" ބާބުލް ހާން، 22، ބުންޏެވެ.

  • ޖޭއެމްސީ މުވައްޒަފުންނަށް ކާން ލިބޭ ބައެއް ތަކެތީގެ ހާލަތު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ޖޭއެމްސީ މުވައްޒަފުންނަށް ކާން ލިބޭ ބައެއް ތަކެތީގެ ހާލަތު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ޖޭއެމްސީ މުވައްޒަފުންނަށް ކާން ލިބޭ ބައެއް ތަކެތީގެ ހާލަތު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
  • ޖޭއެމްސީ މުވައްޒަފުންނަށް ކާން ލިބޭ ބައެއް ތަކެތީގެ ހާލަތު. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެ މީހުން ބުނި ގޮތުގައި، ރަނގަޅު ކާއެއްޗެއް އެ މީހުންނަށް ނުލިބެ އެވެ.

"އެންމެ ބޮޑު ކަންބޮޑުވުމުކީ، ކުނިވެފައި ހުންނަ ތަރުކާރީ އާއި މޭވާ ކާން މި ލިބެނީ. ތެލުލި ކުކުޅު، ކުކުޅުބިސް މި ހުންނަނީ ކައްކާފައި ފުރިޖަށް ލާފައި. ފުރިޖްގައި ހުންނަތާ ތިން، ހަތަރު ދުވަސް ފަހުން ކާން އެބަ ދޭ އެ އެއްޗެހި،" އެކަކު ބުންޏެވެ.

މަސައްކަތްތެރިންނަށް ކުރިން ހާއްސަ ޑޮކްޓަރެއް ހުރި ނަމަވެސް، މިހާރު ޑޮކްޓަަރކު ވެސް ނެތްކަން އެ މީހުން ފާހަގަކުރި އެވެ. އަދި ދިރިއުޅޭ ތަނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ވެސް އެ މީހުންގެ ކަންބޮޑުވުންތައް ގިނަ އެވެ.

"ދެ ބުރިއަށް ނަގާފައި މި ތަން މި ހުންނަނީ ޑެކް އަޅާފައި. މިހާރު ބޮލަށް ވެއްޓޭ ހިސާބުގައި ބައެއް ދިމަދިމާ ހުންނަނީ. މި ފަހުން އެ ގޮތަށް ވެެއްޓިއްޖެ ދެ ފަހަރަކު،" އެހެން މީހަކު ބުންޏެވެ.

ޖޭއެމްސީ މުވައްޒަފުންގެ އެކޮމަޑޭޝަން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެ މީހުންގެ ޑީމާންޑަކީ، އެ ކަންބޮޑުވުންތަކަށް ވީހާ ވެސް އަވަހަކަށް ހައްލެއް ގެނެސްދިނުމެވެ. ކެއުމުގެ އިންތިޒާމް ރަނގަޅުކޮށް، އަށް ގަޑިއިރަށް މަސައްކަތް ބަދަލުކުރުމާ އެކު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

"އެހެން ނޫނީ އަހަރެމެން ބޭނުން ވަނީ ކުންފުނީގެ ފަރާތުން އަހަރެމެންނަށް ދޭން ޖެހޭ އެއްޗެއް ދިނުމަށް ފަހު، އަހަރެމެން ރަށަށް ފުރައިގެން ދާން،" ބާބުލް ބުންޏެވެ.

ކޮމެންޓް (3)

ރާޖުކުމާރު

29 މާރިޗު 2023
ކޮބާ އިންޑިއާ ހައިކޮމިސަން؟
1 0

ދެރަވޭ

29 މާރިޗު 2023
ހާދަ ގަދައޭ މުޒައްޔިން! ގިނަގިނައިން މިކަހަލަ ހަބަރު ލިޔަންވާނެ...މާ ހެޔޮބަޔަކަށް ވެގެން ރާއްޖެއިން ބޭރަށް އެހީތައް ފޮނުވާއިރު މީ ގައުމުގެ އެތެރޭގެ ހާލަތު! ކަމެއް ދައްކަން ނޫނީ ހެޔޮކަމެއްވެސް ނުކުރެވޭނެ...
5 0

ބާބުލްގެ އަޚެއް

29 މާރިޗު 2023
ހަންކަޅު ބިދޭސީން ވިއްޔާ އިންސާނުންގެ ފެންވަރުން ވެއްޓެނީތަ؟ މިއޮށް ފަދަ ރޯދަމަހު ހެޔޮނުވާނެ ދޯ މިހެން ހަދަން! ދެންވެސް ބުނާނެ 100% މުސްލިމުންނޭ!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް