ހުޅުމާލޭގައި މީގެކުރިން ހިނގި އެކްސިޑެންޓެއްގައި ސައިކަލެއް މަގުމައްޗަށް ވެއްޓިފައި -

އައްޑޫގައި އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އެކަކަށް ފަރުވާދެނީ

އެކްސިޑެންޓް ހިނގީ ހަވީރުގެ ވަގުތުގައި

އައްޑޫ ހިތަދޫގައި އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ. މި ހާދިސާގައި އަނިޔާވި އެކަމަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ވީ ކިހިނެއް؟ - އެމްބިއުލާންސަކާއި ސައިކަލެއް ޖެހި، މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރެވެ.

ފުލުހުން ބުނިގޮތުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ބުނީ ކީކޭ؟ - އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިރޭ 'ދައުރު' އަށް ވިދަޅުވީ އަނިޔާވެގެން ފަރުވާދެމުން އަންނަނީ 18 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އޭނާގެ ޓެކްސްތައް ހަދަމުން އަންނަ ކަމަށް ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް- އެކްސިޑެންޓުގެ ފޮޓޯތަކެއް މިހާރު ދައުރުވަމުންދާއިރު، އެމްބިއުލާންސަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތަން އެ ފޮޓޯތަކުން ފެނެއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް