މައި ކޮލެޖުގެ ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/މައި ކޮލެޖް

މައި ކޮލެޖް

މައި ކޮލެޖުގެ މޭ އިންޓޭކަށް މިހާރު ފޯމު ހުށަހެޅޭނެ

މައި ކޮލެޖުން ބުނީ، އެ ކޮލެޖުން ކިޔަވާ ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް ކުރުމުގެެ ފުރުސަތު ކިޔެވުމުގެ ތެރެއިން ލިބޭނެ ކަމަށް

މައި ކޮލެޖުގެ އަހަރީ ދުވަހާ ގުޅުވައިގެން، އެ ކޮލެޖުގެ ކުރިއަށް އޮތް މޭ އިންޓޭކް ހާއްސަ ވާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

މައި ކޮލެޖުން ބުނީ، އެ ކޮލެޖުން ކިޔަވާ ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް ކުރުމުގެެ ފުރުސަތު ކިޔެވުމުގެ ތެރެއިން ލިބޭނެ ކަމަށެވެ.

ބުނީ ކީކޭ؟ - އެ ކޮލެޖުން ގަބޫލުކުރާ ގޮތުގައި، އަމިއްލަ ކުރިއެރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ތައުލީމެވެ. ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން މާސްޓާސްއާ ހަމައަށް ކިޔަވައިދޭ ކޯސްތަކާ އެކު، ދަރިވަރުން ހާސިލް ކުރަން ބޭނުންވާ ކުރިއެރުމާ ހަމައަށް ދެވޭނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

"މި ކޮލެޖުގެ ތަޖުރިބާކާރު ލެކްޗަރާ އިންނާއި ތައުލީމީ ދާއިރާގެ ލީޑަރުންނާ އެކު މަސައްކަތް ކުރަނީ ވީހާ ވެސް ބޮޑަކަށް ދަރިވަރުން ބައިވެރިކޮށްގެން، ކުދިންގެ ގާބިލްކަމާއި ހުނަރު ތަރައްގީކޮށް، ބަދަލުވަމުންދާ ދުނިޔޭގެ މަސައްކަތުގެ މާހައުލަށް ދަރިވަރުން ތަމްރީނުކުރުމަށް،" މައި ކޮލެޖުން ބުންޏެވެ.

އެ ކޮލެޖަކީ ހަމައެކަނި ކްލާހަށް ހާޒިރުވެގެން ކިޔެވުމަށް ހާއްސަ ކޮލެޖެއް ނޫން ކަމަށާއި ކުދިންގެ ވިސްނުމާއި ހުނަރު ތަރައްގީކޮށް، ހިޔާލު ބަދަލުކޮށް، ކިޔެވުމުގެ އިތުރުން ވެސް އިތުރު ހަރަކާތްތަކާ އެކު ކުރިއަށް ދިއުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދޭ ކަމަށް މައި ކޮލެޖުން ބުންޏެވެ.

މައި ކޮލެޖުގެ ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/މައި ކޮލެޖް

އެނގުން މުހިންމު - މައި ކޮލެޖުން ކޯސްތައް ކުރިއަށް ގެންދާ ދާއިރާތައް:

  • ބިޒްނަސް

  • ޓެކްނޮލަޖީ

  • ތައުލީމު

  • ރޮބޮޮޓިކްސް

  • ގާޑެނިން

މި ދާއިރާތަކުން ކޯސްތައް ފަރުމާކޮށްފައިވަނީ މަސައްކަތުގެ މާހައުލަށް ދަރިވަތުން ތައްޔާރު ވާނެ ގޮތަކަށް ކަމަށް ވެސް މައި ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުގެ މެއި އިންޓޭކަށް ހުޅުވާލާފައި ވާއިރު، މި ފުރުސަތުގެ ބޭނުން ހިފައި އެ ކޮލެޖާ ގުޅުމަށް މައި ކޮލެޖުން ދައުވަތު ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް