ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން. (ފޮޓޯ/ޖޭއެެސްސީ

ބަލަން ނިންމާ މައްސަލަތައް މަދުވުމަކީ ފަނޑިޔާރުންގެ ސުލޫކު ރަނގަޅުވިކަމުގެ ހެއްކެއް: ހިސާން

މިދިޔަ އަހަރު ޖޭއެސްސީއަށް ހުށަހެޅި 392 ޝަކުވާގެ ތެރެއިން ބަލަން ނިންމީ 15 މައްސަލަ

ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބަލަން ނިިންމާ މިންވަރު މަދުވުމަކީ އެ ފަރާތްތަކުގެ ސްލޫކަށް ހެޔޮ ބަދަލުތަކެއް އަތުވެފައިވާ ކަމުގެ ހެއްކެއް ކަމަށް، ޖުޑީޝަލް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފަ އެވެ.

ތަފްސީލް - އެ ރިޕޯޓުން ދައްކާ ގޮތުގައި:

  • ފަނޑިޔާރުންގެ ސްލޫކީ މައްސަލަ ބަލައިދިނުމަށް އެދި 392 ޝަކުވާ މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހަޅާފައިވޭ

  • އޭގެ ތެރެއިން ބަލަން ނިންމީ އެންމެ 15 މައްސަލަ

  • 2021 ވަނަ އަހަރު ނިމުނުއިރު ކޮމިޝަނުގައި 55 މައްސަލަ އޮތް

  •  މިދިޔަ އަހަރު ބަލަން ނިންމި 15 މައްސަލައާ އެކު، ޖުމްލަ 46 މައްސަލަ ބަލައި ނިންމާފައިވޭ

ބަލަން ނިންމާ މައްސަލައިގެ އިންސައްތަ ދަށްވުމަކީ ފަނޑިޔާރުންގެ ސްލޫކަށް ހެޔޮ ބަދަލުތަކެއް އައި ކަމުގެ ހެއްކެއް.

ހިސާން ހުސައިން / ޖޭއެސްސީގެ ރައީސް

ބުނީ ކީކޭ؟ - އަހަރީ ރިޕޯޓުގައި ހިމެނޭ ޖޭއެސްސީގެ ރައީސްގެ ބަސް ހިމެނޭ ބައިގައި ހިސާން ލިޔުއްވާފައިވާ ގޮތުގައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ބަލަން ނުފެންނަ ކަމަށް ނިންމާ މައްސަލަތަކުގައި ވެސް އެ މައްސަލަ އަކީ ޝަރުއީ ނިޒާމުގެ ތެރެއިން ހައްލުކުރެވެން ހުރި ކަމެއް ނަމަ، އެ ކަމެއް ހައްލުކުރަން މަސައްކަތްކޮށްފައިވާނެ އެވެ.

ހިސާން ވިދާޅުވީ:

  • ޝަރުއީ ނިޒާމުގެ ތެރެއިން ނޫނަސް، ކޮމިޝަނުގެ މަސްއޫލިއްޔަތު ތަން ދޭ އެންމެ ފުޅާ މިންވަރަކަށް އެ ކަމެއް ހައްލުކުރަން ބާރުއަޅައި މަސައްކަތްކޮށްފައިވާނެ

  • އެ ކަންކަން ސަމާލުކަމަށް ގެނެސް، މައްސަލަ ހައްލުކުރަން ކަމާ ގުޅޭ މުއައްސަސާތަކަށް 45 ސިޓީއެއް ފޮނުވާފައިވާނެ

  • ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި ތަހުގީގުކުރާ މައްސަލަތައް ބަލަހައްޓާނެ ސޮފްޓުވެއާއެއް މިދިޔަ އަހަރު ގާއިމްކުރި

"ބަލަން ނިންމާ މައްސަލައިގެ އިންސައްތަ ދަށްވުމަކީ ފަނޑިޔާރުންގެ ސްލޫކަށް ހެޔޮ ބަދަލުތަކެއް އައި ކަމުގެ ހެއްކެއް،" ހިސާން ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް