ސިނަމާލެ ބްރިޖުގެ ނަން ބޯޑު ހަލާކުވެފައި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސިނަމާލެ ބްރިޖު

އެއްބަސްވުން ހަމަވެ ބްރިޖުގެ މަރާމާތު ހުއްޓިފައި؛ ޗައިނާ ކުންފުންޏާ އަލުން ހަވާލުކުރަނީ

ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި އަލުން އެއްބަސްވުން ހެދޭނެ ކަމަށް ބެލެވޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނޭ

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ ސިނަމާލެ ބްރިޖުގެ މަރާމާތުގެ ކަންކަން ކުރިއަށް ނުދަނީ އެ ކުންފުންޏާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި އޮތުމުން ކަމަށާއި، ބްރިޖުގެ މަރާމާތުގެ ކަންކަން އަލުން އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 30 އޮގަސްޓު 2018ގައި ހުޅުވި ސިނަމާލެ ބްރިޖު މަރާމާތު ނުކޮށް ގިނަ ދުވަސްވަމުންދާތީ، މާލޭން ބްރިޖަށް އަރާ ދިމާލުގައި ހަރުކޮށްފައިވާ ނަންބޯޑުގެ ބައެއް ބައިތައް މިހާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ބްރިޖުގައި ހަރުކޮށްފައިވާ ބައެއް ލައިޓްތައް ވެސް މަސައްކަތެއް ނުކުރެ އެވެ.

ސިނަމާލެ ބްރިޖުގެ ނަން ބޯޑު ހަލާކުވެފައި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ތަފްސީލް - ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު 'ދައުރު'އަށް ވިދާޅުވީ، ބްރިޖުގެ މަރާމާތުގެ ކަންކަން ދެން ވެސް ހަވާލުކުރަން ނިންމާފައިވަނީ ބްރިޖު ހެދި ޗައިނާގެ ކުންފުންޏާ ކަމަށެވެ.

އަކްރަމް ވިދާޅުވީ:

  • އެ ކުންފުންޏާ އެކު ކުރިން ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ހަމަވެފައި

  • އެ ކުންފުންޏާ އެކު އަލުން އެއްބަސްވުން ހެދުމަށް، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އަންނަނީ މަޝްވަރާކުރަމުން

  • ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި އަލުން އެއްބަސްވުން ހެދޭނެ ކަމަށް ބެލެވޭ

ސިނަމާލެ ބްރިޖުގެ ނަން ބޯޑު ހަލާކުވެފައި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ސިނަމާލެ ބްރިޖުގެ ނަން ބޯޑު ހަލާކުވެފައި. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސިނަމާލެ ބްރިޖު

  • މާލެ-ހުޅުމާލެ ގުޅުވާލި މި ބްރިޖުގެ ދިރާސާތައް ފެށީ 2015ގައި 

  • 2016 ވަނަ އަހަރު ބްރިޖުގެ ފައުންޑޭޝަން މަސައްކަތް ފެށި 

  • ބްރިޖުގެ މަސައްކަތް ނިންމައި ހުޅުވާލީ 2018ގައި

  • 220 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) ހަރަދުވި 

  • މި ބްރިޖުގެ ދިގު މިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރޭ

ކޮމެންޓް (3)

ރައްޔިތު

26 މާރިޗު 2023
ހައިވޭއަށް ފައިބާ ބައެއްކުންޏަކީ މިސާލަކަށް ގާކޮޅުތައް، ވެހިކަލްތަކުގެ ކަވަރު ފަދަތަކެތިން ޖެހި ދުވާފައިދާ މީހެއްގެ ފުރާނައަށް ގެއްލުންވުމަކީވެސް އެކަށިގެންވާ ކަމެއް
1 0

ރައްޔިތު

26 މާރިޗު 2023
ހައިވޭގެ އަރިމަތީގައި ހެދޭ ވިނަ އާއި ގަސްތައް ގޮސް ހައިވާއަށް އަރާއިރުވެސް އެތަން ފެންނަ މީހަކު ނުހުރޭ، ހައިވޭއަށް ދުއްވާވެހިކަލްތަކުން ވެއްޓޭ އެތިއެތި ކޮޅާއި އަދި އެނޫނަސް ކުނިބުނި މަގުމަތީގައި ހުންނަ އިރުވެސް އެސާފުކޮށް ހަދާނެ ބަޔަކު ނުތިބޭ. ބައެއްފަހަރު މަގުމައްޗަށްއެޅޭ ވެލިތައް ޑިވައިޑަރު ކާރި ފުނިފުންޏަށް ޖަމާވެ ގިނަވެފައިހުރޭ، މިއިން އެއްވެސް ކަމަކަށް އަޅާލާނެ މީހަކު ނުހުރޭ،
1 0

ކަލޯ

26 މާރިޗު 2023
މިކަންވެސް ކުރަންވީ ވޯޓްލާން ނިކުތް ރައްޔިތުން ނިކުމެގެން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް