ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމުން އެ މަނިކުފާނުގެ ކާރުކޮޅު ވަށައިގެން ސިފައިން ހަރަކާތްތެރި ވަނީ.

މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ބަންދު ޖަހައިފި

މި މައްސަލައިގައި މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފައިވޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި އިއްޔެ އިތުރު މީހަކު ހައްޔަރުކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު، އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މިއާ އެކު، މި މައްސަލައިގައި ޖުމްލަ ފަސް މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފަ އެވެ. މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނަކާއި އަންހެކެވެެ. އެގޮތުން:

  • އޭގެ ތެރެެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އޭރު ކޯޓުން ޖަހާފައިވޭ؛ އޭގެ ތެރޭގައި އަންހެން މީހާ ވެސް ހިމެނޭ

  • އަނެއް ދެ ފިރިހެނުންގެ ބަންދަށް 15 ދުވަސް ޖަހާފައިވޭ

އެނގުން މުހިންމު - އިދިކޮޅުން މާލޭގައި ކޮންމެ ރެއަކު ސިލްސިލާކޮށް ބާއްވާ މުޒާހަރާގެ ތެރެއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީސް ސަރަހައްދުން ރައީސް ސޯލިހާ އެކު އެ މަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ އެ މޮޓޯކޭޑަށް ހުރަސް އަޅާފަ އެވެ. އެއީ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީއަށާއި މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް