Majlis 2024

އިބްރާހިމް ފައިހު ނިޒާމް. ފުލުހުން ހޯދަމުން ދަނިކޮށް އޭނާ އަމިއްލައަށް ވަނީ ފުލުހުންނާ ހަވާލުވެފައި.

ގޭންގު ކުށްތައް

ފިލައިގެން މަހަކަށް ވުރެ ގިނަ ދުވަހު އުޅުނު ފައިހު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

އޭނާ ހޯދައި ނުފެނުނީ ބަޔަކު އޭނާ ފޮރުވައިގެން ގެންގުޅޭތީ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައި
21 މާރިޗު 2023

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދައި ނުފެނިގެން އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އިބްރާހިމް ފައިހު ނިޒާމް އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިފަހުން މާލޭގައި ސިލްސިލާކޮށް މާރާމާރީތަކެއް ހިންގަމުންދަނިކޮށް، އެކަމުގެ ތުހުމަތުގައި ފައިހު، ރަށްދެބައިގެ/ސ. މަރަދޫފޭދޫ، ހޯދަން އިއުލާންކޮށް، މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭނާގެ ފޮޓޯއާ އެކު ވަނަވަރު އާއްމުކުރި އެވެ. 

ތަފްސީލް - ފުލުހުން މިރޭ ބުނީ ފައިހު ހޯދަން މިއަދު ވެސް މާލޭގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ވަނީ ގެންގޮސްފަ އެވެ.

އެނގުން މުހިއްމު - ފިލައިގެން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އުޅުމަށް ފަހު ފައިހު އަމިއްލައަށް ފުލުހުންނާ ހަވާލުވިއިރު، އޭނާ ފޮރުވައިގެން އުޅުނު ކަމަށް ބެލެވޭ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ފަސް މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އަދި އަނެއް ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް