ނޫރާއްޖޭގެ ފެސިލިޓޭޓަރަކު، މީހެއްގެ ކައިރިން މައުލޫމާތު ހޯދަނީ

25،000 މީހުން ކަނޑުފަޅު ބޭނުން ކުރާ ގޮތް ހޯދައި، އާއްމުކޮށްފި

މިއީ ރާއްޖޭގައި މީހުން ކަނޑުފަޅު ބޭނުން ކުރާ ގޮތާއި މުހިއްމު ތަންތަން ދެނެގަތުމަށް ހެދި ސާވޭއެއް

ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ މީހުން ހިމެނޭ ގޮތަށް، 25،000 މީހުން ކަނޑުފަޅު ބޭނުން ކުރާ ގޮތް ހޯދައި، އެ މައުލޫމާތުތައް އާއްމުކޮށްފި އެވެ.

އެނގުން މުހިއްމު- ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ހިންގާ 'ނޫ ރާއްޖެ' ޕްރޮގްރާމްގެ ދަށުން މި މައުލޫމާތުތައް އެއްކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްގެންނެވެ. އެގޮތުން:

  • ޕްރޮގްރާމްގެ ބައިވެރިން 189 ރަށަކަށް ގޮސް 4،900 މީހުންނާ ސުވާލުކުރި

  • ބޮޑަށް އޮޅުންފިލުވާފައިވަނީ އެ ރަށެއްގައި އެ މީހުން މޫދު ނުވަތަ ކަނޑު ބޭނުންކުރާ ތަންްތަނާއި އެ ތަންތަނުގައި ކުރާ މަސައްކަތް

  • އެގޮތުން މޫދަށް އެރި އުޅުމަށާއި މަސްވެރިކަމަށާއި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ކަންކަމަށް އަދި އެހެނިހެން ބޭނުންތަކަށް ކަނޑުފަޅު ބޭނުންކުރާގޮތް ހޯދި، އަދި އެ މީހުންނަށް މުހިއްމު ސަރަހައްދުތައް ދެނެގަތް

  • ސާވޭގައި 4،900 މީހުންނާ ސުވާލު ކުރި ނަމަވެސް، އެއީ 25،000 މީހުންނާ ގުޅުން ހުރި މައުލޫމާތު

  • މި ސާވޭ ފެށީ މިދިޔަ ޑިސެމްބަރުގައި

އެހާ ގިނަ ބައެއްގެ މައުލޫމާތު އޮޅުން ފިލުވާފައިވާތީ، ނޫ ރާއްޖޭގެ، 'އޯޝަން ޔޫސް ސާވޭ' ވެފައިވަނީ ދުނިޔޭގައި ހެދި މި ފަދަ އެންމެ ބޮޑު ސާވޭގެ ގޮތުގަ އެވެ.

ނޫރާއްޖޭގެ ފެސިލިޓޭޓަރަކު، ކުދިންތަކެއްގެ ކައިރިން މައުލޫމާތު ހޯދަނީ

މި ސާވޭ އިން އެއްކުރި މައުލޫމާތު ހިމެނޭ ރިޕޯޓު މިހާރު ވަނީ ނޫ ރާއްޖޭގެ ވެބްސައިޓްގައި އާއްމުކޮށްފަ އެވެ. އެއީ:

'އޯޝަން ޔޫސް ސާވޭ'ގެ މައިގަނޑު ބޭނުމަކީ، ކަނޑުތައް ބޭނުންކުރާ ކުރާ ހުރިހާ ފަރާތްތައް، ހާއްސަކޮށް މަސްވެރިންގެ އަޑު ހިމެނޭ ގޮތަށް ރާއްޖޭގެ 'މެރިން ސްޕެޝަލް ޕްލޭން'އެއް އެކުލަވާލުމެވެ. މި ސާވޭއަކީ އެ ޕްލޭންގެ ފުރަތަމަ ފިޔަވައްސެވެ.

ގާނޫނީ ގޮތުން ބާރު ވެސް ލިބިގެންދާ މި ޕްލޭން އެކުލަވާލާނީ، ސައިންސްގެ މައްޗަށް ބިނާކޮށް މުޖުތަމައުގެ ބައިވެރިވުމުކާ އެކުގަ އެވެ.

"ކަނޑުތަކާ ގުޅިގެން ނިންމާ ނިންމުތަކުގެ އަސަރު ހުރިހާ ދިވެހިންނަށް ވެސް ކޮންމެވެސް ސިފައެއްގައި ކުރާނެ. އެހެންވެ، ދިވެހިން ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާގޮތް ރަނގަޅަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް،" ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނޫ ރާއްޖޭގެ ފެސިލިޓޭޓަރުން އެކި ރަށްރަށަށް ދަތުރުކޮށް މައުލޫމާތު ނެގި އިރު، ކަނޑުފަޅުތައް ބޭނުންކުރާ މަސްވެރިންނާއި ޓޫރިޒަމް އަދި ޝިޕިން އިންޑަސްޓްރީ އާއި ސަގާފީ އަދި މުނިފޫހިފިލުވުމަށް ކަނޑުތައް ބޭނުންކުރާ ފަރާތްތަކުން ދިން އެއްބާރުލުމުން އިތުރު ހިތްވަރެއް ލިބިވަޑައިގެންފި އެވެ.

"ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާވޭ އަޅުގަނޑުމެންނަށް ހެދިފައި މި ވަނީ ރާއްޖޭގެ މުއައްސަސާތަކާއި ތިމާވެށި ރައްކާ ކުރުމުގެ ޖަމިއްޔާތަކާއި އާންމު މުޖުތަމައުގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސާވޭ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޓޫރިޒަމްގައި ކުރިއަރާފައިވާ އަދި މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ގާއިމުކޮށްފައި އއ. ރަސްދޫގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް