
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރު އިމްރާން، އަދި ސީޕީ މުހައްމަދު ހަމީދު
ފުލުހުންގެ ހިދުމަތް ފުރިހަމަވާނީ ފާޑުވެސް ކިޔައިގެން؛ ބަލައިގަންނާނަން: ސީޕީ
މިއަދު އޮތް ފުލުހުންގެ މުވައްްސަސާއަކީ ފުލުހުންގެ މަސައްކަތްތައް ރަނގަޅު ކުރުމަށް ކިޔާ ފާޑުކިޔުންތައް ބަލައިގަންނާނެ މުވައްސަސާއެއް ކަމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސީޕީ ހަމީދު މިހެން ވިދާޅުވީ، މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފެށި 'ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް' ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

އަޅުގަނޑުގެ މަސައްކަތްތައް ފުރިހަމައަށް އަދާކުރެވޭނީ، އާ ވިސްނުންތަކާއި ފުލުހުންގެ މަސައްކަތައް ކިޔަންޖެހޭ ފާޑު ކިޔައިގެން ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއަދު ދިވެހީންގެ ފުލުހުންގެ ހިދުމަތަކީ ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާނެ އަދި ބަލައިގަންނާނެ މުވައްސަސާއެއް
ތަފްސީލް - ފުލުހުންނަށް ކިޔާ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ފުލުހުންގެ މުއައްސަސާ ކުރިއަރާފައި ވަނީ އެކި މީހުންގެ ފަރާތުން ލިބޭ އިލްމާއި ދިރާސާތަކާ ގުޅިގެން ކަމަށެވެ. އަދި ރާއްޖޭގައި ވެސް ފުލުހުންގެ ހިދުމަތަށް ބަދަލުތައް ގެނެސް ކުރިއެރުން ހޯދޭނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަސައްކަތްތައް ފުރިހަމައަށް އަދާކުރެވޭނީ، ތިފަދަ އާ ވިސްނުންތަކާ ފުލުހުންގެ މަސައްކަތްތަކަށް ކިޔަންޖެހޭ ފާޑު ކިޔައިގެން ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއަދު ދިވެހިންގެ ފުލުހުންގެ ހިދުމަތަކީ ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާނެ އަދި ބަލައިގަންނާނެ މުވައްސަސާއެއް،" ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ:
-
ދިވެހި ފުލުހުންގެ ހިދުމަތައް އަމާޒުކޮށް ހިންގާ އިލްމީ އަދި ދިރާސީ މަސައްކަތްތައް ވެސް ބަލައިގަންނާނަން
-
އެފަދަ ދިރާސާތަކާއި ހިޔާލުތަކަކީ ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް
-
ހުށަހަޅާ ކަރުދާސްތަކާއި ހޯދުންތަކުގެ އަލީގައި ކުރެވެން ހުރި ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދެން
-
ރައްޔިތުން ފުލުހުންގެ ކިބައިން އެދޭ އެދުން ވަރަށް ބޮޑު
-
ފުލުހުންގެ މަސައްކަތަކީ ރައްޔިތުން އެދޭގޮތަށް ބައްޓަން ކުރެވިގެން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށް މިއަދު ފެށި ކޮންފަރެންސްގެ ހޯދުންތައް މުހިންމު ދައުރެއް އަދާކުރާނެ
ގުޅުންހުރި ވާހަކައެއް - ސީޕީ ވަނީ ފުލުހުންގެ މަސައްކަތްތަކަށް ޝައުގު ބަހައްޓައިގެން ދިރާސާތައްކޮށް އޭގެ މައްޗަށް ބިނާކޮށް ކޮންފަރެންސަށް ބައެއް ފަރާތްތަކުން ކަރުދާސް ހުށަހަޅާފައި ވާތީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހަމީދު ވިދާޅުވީ އެކަމުން ދައްކުވައިދެނީ ރާއްޖޭގެ ކުށުގެ ވެށި ރަނގަޅުކޮށް، އަމާން ވެއްޓެއް ގާއިމުކުރުމަށް ބައެއްގެ ހިތުގައި އޮތް ޝައުގު ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެެއް - މިއަހަރަކީ ރާއްޖޭގައި ފުލުހުންގެ މަސައްކަތް ކުރަން ފެށުނުތާ 90 އަހަރު ފުރޭ އަހަރެވެ. އަދި ފުލުހުން ވަކި ހިދުމަތެއްގެ ގޮތުގައި މަދަނީ ބައެއްގެ ގޮތުގައި އުފެދުނުތާ މިއީ 19 އަހަރު ފުރޭ އަހަރު ވެސް މެއެވެ.
ކޮމެންޓް (2)
ފެހިވިނަ
ޢަސްލު ވާހަކަ