
ޕީޕީއެމްގެ އިސް ބޭފުޅުން އިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެޕްެއިންގައި ކ. ގުޅީގެ ގެތަކަށް ޒިޔާރަތް ކުރައްވަނީ. (ފޮޓޯ/ޕީޕީއެމް
ޕީޕީއެމްއިން ގުރައިދޫ ބައި-އިލެކްޝަންގެ ކެމްޕެއިން ފަށައިފި
އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކެމްޕެއިން ފެށުމަށް، ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެ ޕާޓީގެ އިސް ބޭފުޅުން މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ ދާއިރާގައި ހިމެނޭ ކ. ގުޅިއަށެވެ. އެ ރަށުގައި އެ ބޭފުޅުން ވަނީ ގޭގެއަށް ވަޑައިގެން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ތާއިދު ހޯއްދެވުމަށް މަސައްކަތްކުރައްވާފަ އެވެ.
ތަފްސީލު - ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ލީޑާޝިޕް ބޭފުޅުން މިއަދު އެ ދާއިރާގެ ތިން ރަށަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ވަރަށް ފޯރީގައި ކެމްޕެއިން ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ މި ފަހަރު ވެސް ޕީޕީއެމްއިން ރިޒާ ކާމިޔާބު ހޯއްދަވާނެ،" ހީނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އަންނަ މަހުގެ 15ގައި ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމް އިން ވާދަކުރައްވާ ހުސައިން ރިޒާ އަކީ، މިިދިޔަ ތިން ދައުރު އެ ދާއިރާގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ.
މިއަދު ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އިދިކޮޅުގެ އިސް ބޭފުޅުންގެ ތެރޭގައި:
-
ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން
-
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
-
ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު
Rayyithunge Majlis #GuraidhooDhaairaa by-election PPM Candidate Uz.Hussain Riza ge D2D Campaign PPM PNC leadership aa eku #VoteRiza #MageyVoteRukah #Vote1#FreePresidentYameen pic.twitter.com/qgOd9fZxGM
— Progressive Party of Maldives (@ProgressPartyMV) March 18, 2023
ފާހަގަކޮށްލެވޭ ކަމެއް - މި އިންތިހާބުގައި ޕީޕީއެމްއާ އެކު ތިން ޕާޓީއަކުން ވާދަ ކުރެ އެވެ. މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައި ވާއިރު، ޕީޕީއެމްއަކީ ކެމްޕެއިން ފެށި ފުރަތަމަ ޕާޓީ އެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑީ ހުސްވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ ފަހުކޮޅު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.
ކޮމެންޓް