
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ފުލުހަކު ފޯރިމަރަން ޑިއުޓީގައި: މީހުން ޓްރެފިކް ކުރި މައްސަލައެއްގައި އިންޑިއާ މީހަކު ވަނީ ހައްޔަރުކޮށްފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މީހުން ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މީހުން ޓްރެފިކް ކުުރުމުގެ މައްސަލައެއްގައި ރާއްޖޭން އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އުމުރުން 20 އަހަރުގެ، ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ތަފްސީލު - ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި ހުރި އެ މީހާއަށް ކުރަނީ، މީހުން ޓްރެފިކްކުރަން އުޅުން ނުވަތަ ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތެވެ.
އޭނާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:
-
ގިނަ ބަޔަކު ޝާމިލުވެ އަދި އިންތިޒާމްވެގެން، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގާ ކުށުގެ އަމަލެއް ކަމަށް ބެލެވޭ
-
ކުށުގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު އެ ކަމުގެ ޝިކާރައަކަށް ވާނެ ކަމަށް ބެލެވޭ
-
ވަޒީފާ ދިނުމަށް އޭނާ ރާއްޖެ ގެނައި ފަރާތަށް ފިލައިގެން އުޅޭ މީހެއް ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވޭ
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަައެއް ނުކުރެ އެވެ.
ކޮމެންޓް (1)
ނަދީމް