Majlis 2024

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަންތައް ތަރުތީބުކުރުމުގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ގުރައިދޫ ބައި-އިލެކްޝަންގެ ކެންޑިޑޭޓުން ތަރުތީބުުކޮށްފި

މި ބައި-އިލެކްޝަން އޮތީ އަންނަ މަހުގެ 15ގައި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރުތައް އިއްޔެ ތަރުތީބުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންހާބަށް ކުރިމަތިލި ތިން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރީ އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި ގުރުއަތުލައިގެންނެވެ.

ތަފްސީލު - ނަންތައް ތަރުތީބުކުރި ގޮތް:

  • 1-

    ހުސައިން ރިޒާ އާދަމް، ސީވީޑް/ކ. ގުރައިދޫ (ޕީޕީއެމް) - އޭނާ އަކީ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ

  • 2-

    އިބްރާހީމް ޝާޒު، ފައިވްރޯސް/ކ. ގުރައިދޫ (އެމްޑީޕީ)

  • 3-

    އަލީ އަރީފް، ފިޔާތޮށިގެ/ކ. ގުރައިދޫ (އެމްއެންޕީ)

ގުރުއަތުލުމުގައި ތިން ކެންޑިޑޭޓުންގެ ތެރެއިން އަލީ އާރިފްގެ ބަދަލުގައި ބައިވެރިވީ އޭނާގެ ބަންދޫބެކެވެ. ދެން ތިބި ދެ ކެންޑިޑޭޓުން ގުރުއަތުލުމުގައިބައިވެރިވެވަޑައިގެންނެވި އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ރިޒާ: އޭނާއަކީ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ބައި-އިލެކްޝަންގައި ވާދަކުރައްވާ ޝާޒު: އޭނާ ވާދަކުރައްވަނީ އެމްޑީޕީން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ގުޅުން ހުރި ކަމެއް -  ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، މިދިޔަ ތިން ދައުރު އެ މަގާމު ފުރުއްވި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެެ.

މި ބައި-އިލެކްޝަން އޮތީ އަންނަ މަހުގެ 14ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް