އިޝްތިހާރު

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން. ފޮޓޯ/އެމްއެމްއޭ)

އެމްއެމްއޭ

ގާތުން ދޭ މައިންނަށް އެމްއެމްއޭ އިން ދޭ ހުސް ވަގުތު 2 ގަޑިއިރަށް އިތުރުކޮށްފި

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ ވެސް އެމްއެމްއޭ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ)ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ތެރެއިން ގާތުން ދޭ މައިންނަށް މަސައްކަތުގެ ގަޑީގައި ހުސް ވަގުތުގެ ގޮތުގައި ދޭ ވަގުތު އިތުރުކޮށްފި އެވެ.

ވީކިހިނެއް؟ - އެމްއެމްއޭ އިން އިއްޔެ ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައި އަންހެން މުވައްޒަފުންގެ އަގު ވަޒަންކޮށްފަ އެވެ. މަސައްކަތުގެ ގަޑީގައި ދޭ ހުސް ވަގުތު އިތުރުކުރިކަން އިއުލާނުކުރީ އެ ތަނުގަ އެވެ.

ތަފްސީލް - އެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ގާތުން ދޭ މައިންނަށް މަސައްކަތުގެ ވަގުތުގައި:

  • މިހާރު ދެނީ 1 ގަޑިއިރުގެ ހުސް ވަގުތު 

  • ދެން 2 ގަޑިއިރު ލިބޭނެ

އެނގުން މުހިއްމު - އެމްއެމްއޭ އަކީ އަންހެނުންގެ ކުރިއެރުމަށް އިސްކަންދޭ އިދާރާއެކެވެ. ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ ވެސް އެމްއެމްއޭ އެވެ.

އެމްއެމްއޭ އިން ބުނީ އަންހެނުންނަށް ވަޒީފާ އަދާކުރުމުގައި ފަސޭހަ މާހައުލެއް ގާއިމްކުރުމަށް އެ އިދާރާ އިން އަބަދު ވެސް މަސައްކަތް ކުރާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް