ރައީސް ސޯލިހު ފަަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވަނީ. ފޮޓޯ/ރައީސްގެ ޓުވީޓް
ރައީސް ސޯލިހު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް ސޯލިހު ފަލަސްތީނުގެ ރައީސާ ބައްދަލުކުރެއްވީ އދ. އިން އިންތިޒާމުކޮށްެގެން މިހާރު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްގެންދާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސްގެ ހަވާސާގަ އެވެ.
ތަފްސީލްް - އެ ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ހިއްސާކުރައްވައި ރައީސް ޓުވިޓާގައި ވިދާޅުވީ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް އަދި ޝަރަފެއް ކަމަށެވެ.
"މި ބައްދަލުވުމުގައި، ރާއްޖެ އިން އަބަދުވެސް ފަލަސްތީނާ އެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެރުވިން،" ރައީސް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - އިޒްރޭލުން ފަލަސްތީނުގައި ކުރިއަށްގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ރާއްޖެއިން އަބަދުވެސް އދ.ގައި ވެސް ފަލަސްތީނާ އެއްކޮޅަށް ވޯޓު ދެ އެވެ.