
ދަރިފުޅު ގޮވައިގެން ޝަމްއާ އިއްޔެ އޮފީހުގައި.
ޗުއްޓީ އިތުރުކޮށްނުދިނުމުން އޮފީހަށް ނުކުތީ ތުއްތު ދަރިފުޅު ގޮވައިގެން
މަރިޔަމް ޝަމްއާ އިބްރާހިމް (ޝަންމަ)ގެ ހަޔާތުގައި ވޭތުވެ ދިޔަ ދެ މަހަކީ ކިތަންމެ އުފާވެރި ދުވަސްތަކެއް ނަމަވެސް، އުފުލުން ޖެހުނު ތަކުލީފުތައް ބޮޑެވެ. އޭނާގެ ދެ ވަނަ ދަރިފުޅަށް މިއަދު 2 މަސް ފުރުނު އިރު، ގިނަ ރޭރޭ ދެމައިން އުޅުނީ ނުނިދަ އެވެ. ދަރިފުޅު ރޭގަނޑު ނުނިދައި، ހުއްޓާ ނުލައި ގިނައިރުތަކެއް ވާންދެން ރުއިމުގެ ސަބަބުން ހަމަ ނިންޖެއް ޝަމްއާއަކަށް ވެސް ނުލިބެ އެވެ.
އެކަމަކު އެއީ އޭނާއަށް މައްސަލައެއް ނޫނެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރަކަށް ހުންނެވި ޝަމްއާއަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ވިހެއުމަށް ފަހު ގޭގައި ހުންނަވަން އޭނާއަށް ވަގުތު ނެތުމެވެ. ވިހެއުމަށް ފަހު ލިބުނު ދެ މަހުގެ ޗުއްޓީ ހަމަވެ، އޮފީހަށް ނުކުމެވަޑައިގަންނަވަން ޖެހުމަކީ، ހާލަތުގެ ގޮތުން އޭނާއަށް ފަސޭހަ ކަމަކަށް ނުވި އެވެ.
ވިހެއުމާ އެކު ކޮންމެ އަންހެނަކަށް ވެސް ހަ މަހުގެ ޗުއްޓީއެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނަމަވެސް، އެ އުސޫލު، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކަށް ނޯވެ އެވެ. އެކަމަކު އެއީ އެ މުއައްސަސާގެ އެތެރެއިން، އަމިއްލައަށް ކުރެވިދާނެ ކަމެކެވެ. އެހެންވެ، 2 މަހުގެ ދަރިފުޅާ އެކު އުޅެން ޖެހިފައިވާ ހާލަތުގެ ގޮތުން ޝަމްއާ ވަނީ އެކަން ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
މަސައްކަތް ކުރާތާ ނުވަ އަހަރުވެފައިވާ ޓްރައިބިއުނަލުން ޝަމްއާއަކަށް އެކަމެއް ނުކޮށްދިނެވެ. އެއީ ވަޒީފާއާ ބެހޭ ގާނޫނުން މެމްބަރުންނަށް އެކަން ހަމަޖައްސައިދޭން މަޖުބޫރުނުވާތީ ކަމަށް ބުނެ އެވެ. އެހެންވެ، އިތުރު ގޮތެއް ނެތުމުން ޝަމްއާ އިއްޔެ އޮފީހަށް ނުކުންނެވީ ދެ މަހުގެ ތުއްތު ދަރިފުޅު ވެސް ގޮވައިގެންނެވެ.
"އަޅުގަނޑަށް އެނގޭ ކޮންމެ ދެ ގަޑިއިރަކުން ދަރިފުޅަށް ފީޑް ކުރަން ދިޔުމަކީ ކިހާ އުނދަގޫކަމެއްކަން،" ޝަމްއާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ ކޮންމެހެން ގޭގައި އިންނަން ބޭނުންވާ މީހެއް ނޫން. އެކަމަކު ދަރިފުޅަށްޓަކައި އެކަންކޮށްދޭން އެދުނީ. ދަރިފުޅު ކޮލިކްވުމުން، ތިން ގަޑިއިރެއް ހާއިރަށް ވެސް އެ ކުއްޖާ ރޭގަނޑު ނިދާލާނީ މަދު ރެއެއްގައި."

ވިހެއުމަށް ދިން ދެ މަހުގެ ޗުއްޓީ ހަމަވާތީ، އެ އިތުރުކޮށްދިނުމާ މެދު ލަފައަކަށް ޝަމްއާ ރައީސް އޮފީހަށް ވެސް ސިޓީ ފޮނުއްވި އެވެ. އެ ތަނުން ދިން ޖަވާބަކީ، 'އިންޓާނަލީ' ނުވަތަ މުއައްސަސާއިން އަމިއްލައަށް އެކަމާ މެދު ގޮތެއް ނިންމޭނެ ކަމަށެވެ. ހަ މަހުގެ ޗުއްޓީއެއް ދެވެން ނެތް ނަމަ ހަތަރު މަސް ވެސް ދިނުމަށް ޝަމްއާ ވަނީ ޓްރައިބިއުނަލްއަށް ސިޓީ ފޮނުއްވާފަ އެވެ. އެ ތަނުގެ ޖަވާބަކަށްވީ، ޗުއްޓީ ދެވެން ނެތް ކަމަށާއި އެކަމަކު މުސާރަ ނުހިނގާ ގޮތަށް ގޭގައި ހުރެވިދާނެ ކަމަށެވެ.
އެގޮތް ބޭނުންވެވަޑައިނުގަންނަވާތީ އިއްޔެ 9 ޖެހިއިރު، ޝަމްއާ މޭޒު ދޮށުގައި އިށީނދެވަޑައިގަތީ ދަރިފުޅު ގޮވައިގެންނެވެ. އެކަމަކު އޮފީސް ނިންމައި ގެއަށް ވަޑައިގަތުމުގެ ކުރިން، ވަޒީފާއަށް އަންނައިރު ދަރިންނުގެނެވޭނެ ކަމަށް ބުނެ އޮފީހުން މެމޯއެއް ނެރުނެވެ. އެ ހުރިހާ ކަމެއް ވެސް ޝަމްއާ ދެކެވަޑައިގެންނެވީ އޭނާއާ މެދު ބަހައްޓާ ތަފާތު ކުރުންތަކެއްގެ ގޮތުގަ އެވެ.
"މި ތަނުގެ މުވައްޒަފެއް ރާއްޖޭން ބޭރުގައި، ގޭގައި އިނދެގެން މަސައްކަތް ކުރާތާ ވެސް އަހަރެއް ވެއްޖެ. ބައެއް މުވައްޒަފުން ދަރިން އޮފީހަށް ގެނެސް، ކިޔަވައިދޭން ވެސް ތިބޭނެ،" ޝަމްއާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ، މިއީ ޒާތީ ގޮތުން އަޅުގަނޑާ ދިމާކުރުމުގެ ގޮތުން، ކޮށްފައިވާ ކަމެއް ކަމަށް."
ހަތް މެމްބަރުން ތިއްބަވާ ޓްރައިބިއުނަލުގައި ފަސް މެމްބަރުންނަކީ އަންހެނުންނެވެ. ރައީސް އަކީ ވެސް އަންހެން ބޭފުޅެކެވެ. ޝަމްއާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުން ފެށިގެން، އެ ތަނުގެ މާހައުލު ގޯސްވެ، ރައީސް އޮފީހަށް ވެސް އެކި ފަހަރު މަތިން ހާޒިރުކޮށްފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުން ދޭ ހަ މަހުގެ ޗުއްޓީ މެމްބަރުންނަށް ލިބިވަޑައިނުގެންނެވި ނަމަވެސް، ބައެއް މުއައްސަސާތަކުން އަމިއްލައަށް އެ އުސޫލަށް އަމަލު ކުރެ އެވެ. އެގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނާއި ޓެކްސް އެޕީލް ޓްރައިބިއުނަލް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ ތަންތަނުގެ މެމްބަރުންނަށް، މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސް ލިބެ އެވެ.
ޝަމްއާގެ އެދިވަޑައިގަތުމަކީ އެ ލުއި، އޭނާ ފަދަ އަންހެނުންނަށް ވެސް ހޯދައިދިނުމެވެ. އެކަމަކު ގޮތެއް ހޯދައިނުދެވިއްޖެ ނަމަ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެން އޭނާ އިންނަވަން ޖެހޭނީ ގޭގަ އެވެ.
ކޮމެންޓް (46)
ބުހާރީ
ޭައަންހެނެއް
ހަސަންދީ
ޒާތީވ
ހަސަން
ކޮއްޓި
ާފިރިމީހާ
ޜައްދު
ޓްރެވަލަރ
ބުރޯފ
އާންމު މީހެއް
ޏަޒީމް
ތަސްލީމް
ޚާއްޖަ
ޏަމްޏަމް
ސުވާލު
ކިނބޫ
ޝޭޑްލީ
އިބުރަތް
ޝޭޑްލީ އަކީ ޖޯލިފަތި އާންޓް އެއް
ފަހަރިދައިތަ
ދޮސްބެ
ނިދާ ބޭސް
ސަމްވަން
ފައިޞަލް
ހަސަންބޭ
ދަމީނު
ޫނަމެއް ނެތް
އެފްޔޫ
ދެވޭނެ
ނިކަމެތި މީހާ
ޞައްހަ
މަންމައެއް
ބައްޕަ
މއމ އއ
ބުއްފުޅި
ޗުއްޓީ
އަހުމަދު ހަސަން އަލީ
ޑޮކްޓަރ
އަހީލް
ހާމިދު
12345678
ށޭޑްނާ
މާމަސޮރު
މޮހޯ
ހާމދު