އެފްއޭއެމްގެ ރައީސް ބައްސާމް. (ދައުރު ފައިލް ފޮޓޯ)

އެފްއޭއެމް

އެފްއޭއެމުން 6.5 މިލިއަން ރުފިޔާގެ ބިލު ނުދައްކައިގެން ކަރަންޓު ކަނޑާލައިފި

ކަރަންޓުގެ ހިދުމަތް ކަނޑާލީ އެކި ފަހަރު މަތިން ނޯޓިސް ދިނުމަށް ފަހު ކަމަށް ސްޓެލްކޯ އިން ބުނޭ

ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭމް އިން ސްޓެލްކޯއަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސް އިން ކަރަންޓުގެ ހިދުމަތް މިއަދު ކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - ކަރަންޓު ބިލް ނުދައްކައިގެން ހިދުމަތް ކަނޑާލާފައިވާކަން ހާމަކޮށް ސްޓެލްކޯ އިން މިއަދު ވަނީ ޓުވީޓްކޮށްފަ އެވެ.

ބުނީ ކީކޭ؟ - "އެފްއޭއެމް އިން މި ކުންފުންޏަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރު މަތިން އަންގައި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދެވި، އެކަން ވެސް ކޮށްފައި ނުވާތީ، އެފްއޭއެމް ހައުސް އިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި،" ސްޓެލްކޯ އިން ކުރި ޓުވީޓްގައި ލިޔެފައިވެ އެވެ.

ސްޓެލްކޯ އިން ބުނީ، އެ  ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ ބަހެއް އަދި ނުލިބެ އެވެ.

ސްޓެލްކޯގެ ޓްވީޓް

އެނގުން މުހިންމު - އެފްއޭއެމްއަށް މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ގައުމީ ޓީމުގެ އޮފިޝަލުންނަށް މުސާރަ ނުދޭތާ ވެސް އެތައް މަހެއް ވެއްޖެ އެވެ. އެފްއޭއެމްގެ މުވައްޒަފުންގެ މަހު މުސާރަ ދޭން ވެސް ދޭތެރެ ދޭތެރެއިން ހުރަސްތައް ދިމާވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް