ވިއެޓްނާމުގެ ހުޅަނގު އުތުރުގައި ސޮންލާ ޕްރޮވިންސްގައި އޮންނަ މި ބްރިޖު ހަދާފައިވަނީ ޖަންގައްޔެއްގެ މަތިން

ދުނިޔޭގެ އެންމެ ދިގު ބިއްލޫރި ބްރިޖު ވިއެޓްނާމުގައި

ޖަންގައްޔެއްގެ މަތިން ދެ ފަރުބަދަ ދެމެދު އެލުވާފައިވާ މި ބްރިޖުގެ ދިގުމިނުގައި 2،073 ފޫޓު ހުރޭ

މުހިންމު ނުކުތާތައް

ބްރިޖު ހެދުމަށް ބޭނުންކޮށްފައިވަނީ ހާއްސަ ބިއްލޫރިއެއް

އެއްފަހަރާ 450 މީހުންނަށް މި ބްރިޖުގައި ހިނގާލެވޭނެ

ބިއްލޫރިން ހަދާފައިވާ ދުނިޔޭގެ އެންމެ ދިގު ބްރިޖު ވިއެޓްނާމުގައި ހުޅުވައިފި އެވެ.

ވިއެޓްނާމުގެ ހުޅަނގު އުތުރުގެ ސޮންލާ ޕްރޮވިންސްގައި މި ބްރިޖު ހަދާފައިވަނީ ޖަންގައްޔެއްގެ މަތިން ދެ ފަރުބަދަ ދެމެދު އެވެ. އުސްމިނުގައި 490 ފޫޓު އަދި ދިގުމިނުގައި 2،073 ފޫޓު ހުރެ އެވެ.

އެއީ ފްރާންސްގައި ހުންނަ އައިފިލް ޓަވަރުގެ ދެބައިކުޅަ އެއްބައި އުސްމިނެވެ. އަދި ލަންޑަންގައި ހުންނަ ޓަވަރު ބުރިޖުގެ 2.5 ގުނަ ދިގުމިން ވިއެޓްނާމްގެ މި ބްރިޖްގައި ހުރެ އެވެ.

ބުރިޖުގެ ދިގުމިނުގައި 2،073 ފޫޓު ހުރޭ

ބްރިޖު ހެދުމަށް ބޭނުންކޮށްފައިވަނީ ހާއްސަ ބިއްލޫރިއެކެވެ. އެއްފަހަރާ 450 މީހުންނަށް މި ބްރިޖުގައި ހިނގާލެވޭނެ އެވެ. ބިއްލޫރި ތެރެއިން ފެންނަ ގޮތަށް ހަދާފައިވާ މި ބްރިޖުގައި ހިނގާލާފައި ދާ އިރު ފެންނަނީ ހިތްގައިމު ގުދުރަތީ މާހައުލެކެވެ.

މިއީ ދުނިޔޭގައި މިހާތަނަށް ބިއްލޫރިން ހަދާފައިވާ އެންމެ ދިގު ބްރިޖު

މިދިޔަ މެއިގައި އަލަށް މި ބްރިޖަށް މީހުން ޒިޔާރަތްކޮށްފައިވެ އެވެ. ކޮވިޑް-19އާ އެކު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވިއެޓްނާމް ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލީ މިދިޔަ މާޗްގަ އެވެ.

ބިއްލޫރިން ހަދާފައިވާ އެންމެ ބޮޑު ބްރިޖުގެ ގޮތުގައި ވިއެޓްނާމްގެ މި ބްރިޖު ގިނިސް ވޯލްޑް ރެކޯޑްސްގައި އަދި ކަނޑައަޅާފައި ނުވިޔަސް ބެލެވޭ ގޮތުގައި އެކަން ވަރަށް އަވަހަށް ކުރާނެ އެވެ.

ބިއްލޫރިން ހަދާފައިވާ އެންމެ ދިގު ބްރިޖުގެ ރެކޯޑް މީގެ ކުރިން އޮތީ ޗައިނާގެ ގުއަންޑޯން ސަރަހައްދުގައި ހަދާފައިވާ 526 މީޓަރުގެ (1،725.72 ފޫޓު) ބްރިޖެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް