ހުޅުމާލޭގައި 27 އޮކްޓޯބަރު 2023ގައި ބޭއްވި ދިރާގު ރޯޑް ރޭސް: މިއީ ރާއްޖޭގެ އެންމެ ބޮޑު ދުވުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 15 ވަނަ ދުވުން އަަންނަ އަހަރުގެ 25 އޮކްޓޯބަރުގައި

މި އަހަރުގެ ރޯޑް ރޭސް 27 ގައުމެއްގެ ދުވުންތެރިންނާ އެކު ބޭއްވި އިރު 4،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި
15 ނޮވެމްބަރު 2023

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 15 ވަނަ ދުވުން އަންނަ އަހަރުގެ 25 އޮކްޓޯބަރުގައި ބާއްވާނެކަން ދިރާގުން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ ރާއްޖޭގައި އެންމެ ބޮޑުކޮށް އަދި އެންމެ ފޯރިގަދަކޮށް ބާއްވާ އެއް ދުވުމެވެ. މި އަހަރުގެ ރޯޑް ރޭސް 27 ގައުމެއްގެ ދުވުންތެރިންނާ އެކު 27 އޮކްޓޯބަރުގައި ބޭއްވި އިރު 4،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

ވަނަވަނައަށް ދާ މީހުންނަށް އިނާމު ދީ، އަމިއްލަ ޖަމްއިއްޔާތަކަށް ފައިސާ ހަދިޔާކުރާ މި ހަރަކާތުގެ މި އަަހަރުގެ ރޭސް ދިރާގުން ބާއްވާފައިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އަދި އެ ކުންފުނިން މި އަހަރު ވަނީ ރޯޑް ރޭހަށް ހާފް މެރެތަން އިތުރުކޮށްފަ އެވެ. 

އަންނަ އަހަރަކީ ވެސް ދިރާގު ރޯޑް ރޭހަށް ބޮޑު އަހަރަކަށް ވެގެން ދާނެ އެވެ. އެހެންކަމުން ސީރިއަސް ދުވުންތެރިންނާއި ހޮބީއަށް ދުވާ މީހުން ވެސް، އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ދުވެލަން ނުކުންނަން މިހާރުއްސުރެ މި ތާރީހު ކަލަންޑަރަށް ލާންވީ އެވެ. އަދި ތައްޔާރީތައް ވާން ފަށަންވީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް