Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ފުޑް

އަބަދު ލޮނު އެއްޗެހި ކާ ހިތްވަނީ ކީއްވެ؟

އާއްމުކޮށް ކެވޭ ލޮނު ގިނަ ބާވަތްތަކުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް މަދު

ވަރަށް ގިނަ މީހުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ކެއުމުގައި ލޮނު ހިމަނަ އެވެ. ލޮނު ރަހަލާ އެއްޗެއް ކާހިތްވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ބައެއް ކަހަލަ ކާއެއްޗެހި ކާ ހިތްވުމަކީ ހަށިގަނޑުގައި ކޮންމެވެސް އެއް ބައެއް މަދުވުމުން ދިމާވާ ކަމެކެވެ. މިއީ އެކަމަކު އެހެންވެގެން މެދުވެރިވާ ކަމެއް ނޫނެވެ.

ގިނަ މީހުންގެ ކެއުމުގައި ލޮނު ހުންނަން ޖެހޭ މިންވަރަށް ވުރެ ގިނަ

ގިނަ ފަހަރަށް ކާ ހިތްވަނީ ސިއްހަތަށް މާ ބޮޑު ފައިދާއެއް ނެތް، ނިއުޓްރިޝަން ދަށް ކާނާ އެވެ. ހަމަ މިގޮތަށް، ލޮނު ރަހަ ލާ އެއްޗެއް ކާ ހިތްވުން ގުޅިފައިވަނީ ފޫހިވުން އަދި ސްޓްރެސް ފަދަ ކަންކަމާ އެވެ. އަދި ބައެއް ހާލަތުގައި ލޮނު އެެއްޗެެއް ކާހިތްވުމަކީ ކޮންމެވެސް ސިއްހީ މައްސަލައަކާ ހެދި ކުރިމަތިވާ ކަމެކެވެ.

ލޮނު އެއްޗެހި ކާ ހިތްވާ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

1. ސްޓްރެސް

މީހާގެ ސްޓްރެސް ލެވެލް މައްޗަށް ދިއުމުން ވަރަށް ގިނަ މީހުން، އެމީހުން އެންމެ ކާ ހިތްވާ އެއްޗެއް ހިތްހަމަޖެހިލަން ކާން ބޭނުންވެ އެވެ. މިފަދަ ދަނޑިވަޅެއްގައި ބޮޑަށް ބޭނުންވަނީ ވެސް، ހަކުރާއި ސަރުބީ އޭގައި ގިނައިން ހިމެނޭ ލޮނު (ސޯޑިއަމް) ހުންނަ ކާނާ ކެއުމަށެވެ.

ސްޓްރެސްގެ ސަބަބުން ލޮނު އެއްޗެހި ކާ ހިތްވޭ

ސްޓްރެސް މަތިވާ ކޮންމެ ފަހަރަކު "ކޮމްފޯޓް ފުޑް" ކެއުމުގެ އާދައިގެ ސަބަބުން މީހާގެ ދުޅަހެޔޮކަމަށް އަސަރު ކުރެ އެވެ. އަބަދު ސްޓްރެސްވުން ނުވަތަ ކްރޮނިކް ސްޓްރެސް އާއި ކާ ހިތްވުން ގުޅިފައިވާ އިރު މި ދެ ކަންތައް މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) މަތިވުމާ އޮތީ ގުޅިފަ އެވެ.

ދިރާސާ އަކުން ބުނާ ގޮތުގައި ސްޓްރެސް މަތިވުމާ އެކު މީހާ ބަނޑުހައިކުރާ ހޯމޯނެއް ކަމުގައިވާ ގްރެލެން ހަށިގަނޑުން ރިލީޒްކޮށްލަ އެވެ. މިކަމުގެ ސަބަބުން އިތުރަށް ބަނޑުހައިވެ ގިނައިން ކެވި ބަރުދަން އިތުރުވާން މެދުވެރިވެ އެވެ.

2. ރަނގަޅަށް ނުނިދުން

ރޭގަނޑު ގިނަ އިރު ހޭލާ ހުންނަ ނަމަ ކާން ބޭނުންވަނީ ތަންްކޮޅެއް ބޮޑަށް މީހާ އަށް ހިތްހަމަޖެހުން ގެންނަ ކަހަލަ ކާނާ އެވެ. ކޮންމެވެސް ހަރު އެއްޗެއް ހަފަން ބޭނުންވެ އެވެ. އާއްމުކޮށް މިފަދަ ބާވަތްތަކަކީ ލޮނު ރަހަ ދޭ ބާވާތްތަކެވެ.

ރަނގަޅަށް ނުނިދުމަކީ ލޮނުރަހަ ލާ އެއްޗެއް ކާ ހިތްވުމަށް މެދުވެރިވާ ސަބަބެއް

ރޭގަނޑު ހަމަ ނިދި ނުލިބޭ ނަމަ ތަފާތު ޖަންކް ފުޑް ކާ ހިތްވުން އިތުރުވެ އެވެ. އަދި މިކަމުގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެ އެވެ. ހަމަ ނިދި ނުލިބުމަކީ ވެސް ސިއްހީ މައްސަލަތައް މެދުވެރިވާން ދިމާވާ ސަބަބެކެވެ. ހަށިގަނޑުގެ ވަރުބަލިކަން ފިލާ ވަރަށް ނުނިދޭ ނަމަ ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދަންވެ އެވެ.

3. ފޫހިވެގެން ކެއުން

ބައެއް މީހުން ފޫހިވުމުން، ހަށިގަނޑަށް މާ ބޮޑު ފައިދާއެއް ނެތް އެއްޗެހި ކައި ހަދާ

ފޫހިވެގެން ކެއުމަކީ މީހާގެ ޖަޒުބާތުތަކާ ގުޅިފައިވާ ކަމެކެވެ. މިކަމާއި ސްޓްރެސް ވުމުން ކެއުމާ ދާދި އެއްކަހަލަ ގޮތެއް ހުރެ އެވެ.

ލޮނު އެއްޗެއް ކާ ހިތްވެގެން އުޅެނީ ފޫހިވެގެންތޯ ނުވަތަ އަސްލު ވެސް ބަނޑުގައިވެގެންތޯ ވިސްނާލުން މުހިއްމެވެ. މީހަކު އަސްލު ބަނޑުހައިވެގެން އުޅޭ ނަމަ އޭނާގެ ހަށިގަނޑުން އެކަން ބުނެދެ އެވެ.

ބަނޑުހައިވުމަށް މެދުވެރިވަނީ ގިނަ އިރު ނުކައި، އަދި ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބި ގިނަ އިރު ވާ ނަމަ އެވެ. ބަނޑުހައިކަމުގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުހައިވެގެން ބަނޑުން އަޑު ގޮވުން، ވަކި ކާ އެއްޗެއް ނޫން ކޮންމެ ކާ އެއްޗެއް ލިބުނަސް ކާން ބޭނުންވުން ހިމެނެ އެވެ. އަދި ކެއުމަށް ބޭނުންވާ މިންވަރު އަވަސް ވެ އެވެ.

ހަށިގަނޑުން މި އަލާމާތްތައް ފެންނަ ނަމަ އޭގެ މާނައަކީ ކާށެވެ. އެކަމަކު ލޮނު ގިނައިން ހިމެނޭ އަދި ފެޓް ގިނައިން ހިމެނޭ ބާވާތްތައް ކެއުން އެންމެ ރަނގަޅެއް ނޫނެވެ. ސަބަބަކީ އެފަދަ އެއްޗެހީގައި ނިއުޓްރިޝަން މަދުވުމެވެ.

ބަނޑުހައިވުމުން މުރަނަ އެއްޗެއް ކާހިތްވާ ނަމަ އެންމެ ރަނގަޅީ ތާޒާ ތަރުކާރީ އާއި މޭވާ ކެއުމެވެ. މި ތަކެތި ކެއުމުން ލޮނު އެއްޗެހި ކާ ހިތްވުމާ ދުރުވެ އެވެ.

4. މާ ގަދައަށް ދާހިއްލުން

އާއްމުކޮށް ކަސްރަތު ކުރާ އިރު ހަށިގަނޑުން ކަންބޮޑުވާންޖެހޭ މިންވަރަކަށް ލޮނު މަދެއް ނުވޭ

ދަލުގައި ވަރަށް ގިނައިން ލޮނުގެ މާއްދާ ހުރެ އެވެ. މާ ގަދައަށް ދާހިއްލާ ނަމަ ހަށިގަނޑުން ލޮނު މަދުވެ އެވެ.

ގިނަ މީހުންނަށް އާދައިގެ ވަރަކަށް ދާހިއްލުން އެއީ މައްސަލައެއް ނޫނެވެ. ހަށިގަނޑުގައި ލޮނު ހުންނަންޖެހޭ މިންވަރު ދާހިއްލުމުގެ ސަބަބުން ކަންބޮޑުވާންޖެހޭ މިންވަރަކަށް ދަަށަކަށް ނުދެ އެވެ. ގިނައިން ދާހިއްލާ ކަހަލަ ކަމެއް، މިސާލަކަށް ކަސްރަތު ކުރާ ނަމަ ހަށިގަނޑަށް ފެން މުހިއްމުވެ އެވެ.

މިކަން އެތުލީޓުންގެ ތަފާތެވެ. ގިނަ ވަގުތު ހޫނު މާހައުލުތަކުގައި އެމީހުން މަސައްކަތް ކުރާ އިރު ހަށިގަނޑުން ލޮނު މަދުވާ މިންވަރު އިތުރެވެ. އަދި އެމީހުން ގިނަ އިރު ވަންދެން ދާހިއްލުމުގެ ސަބަބުން ހަށިގަނޑުން ގެއްލޭ ލޮނު އަލުން އަނބުރާ ހަށިގަނޑަށް ހޯދާ ދިނުމަށް އާއްމު މީހަކަށް ވުރެ ކުޑަކޮށް އިތުރަށް ލޮނު ބޭނުންވެދާނެ އެވެ.

ހަށިގަނޑުން މާ ގިނައިން ލޮނު މަދުވާ ނަމަ ލޮނު އެއްޗެއް ކާ ހިތްވުމަކީ އާދައިގެ ކަމެކެވެ. އެއް ދިރާސާއަކުން އެނގުނު ގޮތުގައި 10 ގަޑި އިރު ހޫނު ތަނެއްގައި މަސައްކަތް ކުރާ މީހެއްގެ ހަށިގަނޑުން 15 އެއްހާ ގްރާމްގެ ލޮނު ގެއްލެ އެވެ. މި މިންވަރު އެކަމަކު ދޭދޭ މީހުންގެ މެދުގައި ތަފާތުވެދާނެ އެެވެ.

ހަށިގަނޑުން ގެއްލޭ ލޮނު އަނބުރާ އިއާދަ ކުރުމަށް، ގަދައަށް ކަސްރަތު ކުރާ މިީހުންނާއި ބޭރުގައި އަވީގައި ގިނަ އިރު މަސައްކަތް ކުރާ މީހުން އިލެކްޓްރޮލައިޓް ބުއިންތައް ބޮއެ ހަދަ އެވެ. މިފަދަ ބުއިންތަކުގައި ސޯޑިއަމް ހިމެނޭތީ ހަށިގަނޑުން މަދުވާ ލޮނު ހޯދައިދިނުމަށް އެހީތެރިވެ އެވެ.

5. މައްސަރުކަންތައް ކައިރިވުން

އަންހެނުންގެ މައްސަރުކަންތައް ގާތްވުމުން ހަށިގަނޑަށް އަންނަ ހޯމޯނަލް ބަދަލާ އެކު ލޮނު އެއްޗެހި ކާ ހިތްވޭ

ކޮންމެ މަހަކު މައްސަރު ކަންތައް ކައިރިވުމުން އަންހެނުންގެ ހަށިގަނޑަށާއި ޖަޒުބާތުތަކަށް ބޮޑެތި ބަދަލުތައް އާދެ އެވެ. މި ބަދަލުތަކަށް ޕްރީމެންސްޓުރުއަލް ސިންޑްރޯމްއޭ ކިޔަ އެވެ. މި ދުވަސްވަރު ވަކި އެއްޗެއް ކާ ހިތްވުމަކީ އާއްމުކޮށް މެދުވެރިވާ ކަމެކެވެ. މިއީ ހޯމޯންތަކަށް އަންނަ ބަދަލުތަކާ އެކު އަންހެނުންނަށް މެދުވެރިވާ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް