އާލިއާ ބަޓް މި އަހަރުގެ މެޓް ގާލާގެ ރަތް ދޫލައިގައި

ފެޝަން

އިޓަލީގެ ލަގްޒަރީ ބްރޭންޑު ގޫޗީގެ ގްލޯބަލް އެމްބެސެޑަރަކަށް އާލިއާ ބަޓް

މިހާތަނަށް މިހާ ބައިނަލްއަގްވާމީ ފެންވަރެއްގައި ފެޝަން ދާއިރާގައި ފާހަގަވެފައި ވަނީ އިންޑިއާގެ ވަރަށް މަދު މޫނުތަކެއް

އާލިއާ ބަޓް އަކީ މިހާރު ހަމައެކަނި ބޮލީވުޑްގައި ފިޔަޖަހާ ތަރިއެއް ނޫނެވެ. އޭނާ އަންނަނީ ހޮލީވުޑުގައި ވެސް މަގުބޫލުވަމުންނެވެ. ގަލް ގެޑޮޓް ލީޑް ރޯލު ކުޅޭ ފިލްމު 'ހާޓް އޮފް ސްޓޯން' އިން އަންނަ އޮގަސްޓް މަހު އާލިއާ ހޮލީވުޑަށް ތައާރަފްވާނެ އެވެ.

އެންމެ ބޮޑު ފެޝަން އިވެންޓު، މެޓް ގާލާގައި ދުނިޔޭގެ އެންމެ ބޮޑެތި ތަރިންނާ އެކު އާލިއާ ވެސް މިފަހުން ބައިވެރިވި އެވެ. މީގެ އިތުރުން އާލިއާ އަކީ ވޯގް އިންޑިއާގެ މޭ އަދި ޖޫން މަހުގެ 'ކަވާ ސްޓާ' އެވެ.  

އާލިއާ ބަޓް އަކީ ގޫޗީ ބްރޭންޑުގެ ގްލޯބަލް އެމްބެސެޑަރު

ބައިނަލްއަގްވާމީ ފެޝަން އިންޑަސްޓްރީގައި އާލިއާގެ މަޝްހޫރުކަން އަންނަނީ އިތުރަށް ފުޅާ ވަމުންނެވެ. އެގޮތުން އިޓަލީގެ އެންމެ ބޮޑު އެއް ލަގްޒަރީ ބްރޭންޑު ގޫޗީ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ބްރޭންޑުގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި އާލިއާ އިއުލާން ކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ސޯލްގައި ބާއްވަން ރާވާފައިވާ ގޫޗީ ކްރޫޒް ޝޯގައި، އެ ބްރޭންޑުގެ އެމްބެސެޑަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އޭނާ ބައިވެރިވާނެ އެވެ. 

އާލިއާ ބަޓް އަކީ ވޯގް އިންޑިއާގެ މޭ އަދި ޖޫން މަހުގެ ކަވާ ސްޓާ

މިހާތަނަށް މިހާ ބައިނަލްއަގްވާމީ ފެންވަރެއްގައި ފެޝަން ދާއިރާގައި ފާހަގަވެފައި ވަނީ އިންޑިއާގެ ވަރަށް މަދު މޫނުތަކެކެވެ. އޭގެ ތެރޭގައި ދީޕިކާ ޕަޑުކޯން އާއި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން ހިމެނެ އެވެ.

ބޮޑު ލަގްޒަރީ ފެޝަން ހައުސްއަކުން މިފަދަ ފިޔަވަޅެއް އެޅުމަކީ އިންޑިއާގެ ހުނަރުވެރިންގެ ބާރާ މެދު ދުނިޔޭގެ ވިސްނުމަށް އަންނަ ބަދަލެއްގެ އިޝާރާތެއް ކަމަށް ވެދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް