Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ޑައުން ސިންޑްރޯމް ހުންނަ މީހަކު އޭނާ ރަމްޒުކޮށްދޭ ބާބީއާ އެކު

ލިވިން

ޑައުން ސިންޑްރޯމް ރަމްޒު ކޮށްދޭ ބާބީ ޑޯލްއެއް ފުރަތަމަ ފަހަރަށް

ޑައުން ސިންޑްރޯމް ހުންނަ މީހެއްގެ ޖިސްމާނީ ސިފަތައް ދައްކުވައިދިނުމުގެ އިތުރުން މި ބާބީގެ ފެޝަންގައި ހާއްސަ މާނަތަކެއް އެކުލެވޭ

ޑައުން ސިންޑްރޯމް ހުންނަ މީހަކު ތަމްސީލުކުރާ ފުރަތަމަ ބާބީ ޑޯލް ހުސްވި މަހު ފަހުކޮޅު ވަނީ ތައާރަފްކޮށްފަ އެވެ. ކުޅޭ ސާމާނު އުފައްދާ ކުންފުނި މެޓެލް އިން އެ ބާބީ ތައާރަފްކުރީ އެމެރިކާގެ ނޭޝަނަލް ޑައުން ސިންޑްރޯމް ސޮސައިޓީ (އެންޑީއެސްއެސް)އާ ގުޅިގެންނެވެ. މިއީ ޑައުން ސިންޑްރޯމް ހުންނަ މީހަކު ރަނގަޅަށް ރަމްޒުކޮށްދޭ އެެއްޗެއްކަން އެ ކުންފުނިން ކަށަވަރު ކުރި އެވެ.

ޑައުން ސިންޑްރޯމް ބާބީގެ ސިފަތަކުގައި ވަކި މާނަތަކެއް ވޭ

އާ ބާބީ ފަރުމާކޮށްފައިވަނީ ޑައުން ސިންޑްރޯމް ހުންނަ މީހެއްގެ ޖިސްމާނީ ބައެއް ސިފަތައް ދައްކުވައިދިނުމުގެ އިތުރުން ފޭރާމާއި އެކްސެސަރީޒްގައި ހާއްސަ މާނަތަކެއް ހިމެނޭ ގޮތަށެވެ.

ޑޯލްގެ ހެދުމުގައިވާ ނޫ ކުލަ އާއި ރީނދޫ ކުލަ އާއި ފިނިފެންމަލުން، ޑައުން ސިންޑްރޯމްއަށް ހޭލުންތެރިކުރުމާ ގުޅިފައިވާ ނިޝާންތަކާއި ކުލަތައް ރަމްޒުކޮށްދެ އެވެ. އަދި ބާބީގެ ފަށުގައިވާ ތިން ޝެވްރޯން ރަމްޒުކޮށްދެނީ ޑައުން ސިންޑްރޯމް ހުންނަ މީހުންގެ 21 ވަނަ ކްރޮމޮޒޯމްގެ ތިން ކޮޕީ އެވެ. މީގެ އިތުރުން ޑައުން ސިންޑްރޯމް ހުންނަ ބައެއް ކުދިން ބޭނުންކުރާ އެންކަލް ފުޓް އޯތޮޓިކްސް ވެސް މި ބާބީގެ ހުރެ އެވެ.

ޑައުން ސިންޑްރޯމް ބާބީ ތައާރަފު ކުރީ މިދިޔަ މަހު

އެންޑީއެސްއެސްގެ ރައީސް އަދި ސީއީއޯ ކެންޑި ޕިކާޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ބާބީ ޑޯލް އަކީ ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް އެމީހުން ކަހަލަ ބާބީއަކާ ކުޅުމުގެ ފުރުސަތު ލިބުމުގެ އުފާ އޭނާ ފާހަގަ ކުރެއްވި އެވެ. 

"މި ބާބީ އަކީ މުޖުތަމައުގެ މީހުން ތަމްސީލުކުރުމުގެ މުހިއްމުކަން ދައްކުވައިދޭ މިސާލެއް،" ޕިކާޑް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ މޮޑެލް އެލީ ގޯލްޑްސްޓީން ޑައުން ސިންޑްރޯމް ބާބީއެއް ހިފައިގެން
ބާބީގެ ފެޝަނިސްޓާސް ކަލެކްޝަންގައި ތަފާތު އެކި ވައްތަރުގެ މީހުން ރަމްޒުކޮށްދޭ ބާބީ ހިމެނޭ

ޑައުން ސިންޑްރޯމް ހުންނަ މީހުން ރަމްޒުކޮށްދޭ ބާބީ އަކީ މެޓެލްގެ ފެޝަނިސްޓާސް ކަލެކްޝަންގައި ހިމެނޭ އެއްޗެކެވެ. މީގެ ކުރިން ފެޝަނިސްޓާސް ކަލެކްޝަނަށް ތައާރަފްކޮށްފައިވާ ބާބީތަކުގެ ތެރޭގައި ޕްރޮސްތެޓިކް ފައި ހުންނަ ކޭން ޑޯލް އަކާއި ހިއަރިން އެއިޑްސް ހުންނަ ބާބީއަކާއި ހަމުގެ ބަލި ވިޓިލިގޯ ހުންނަ ޑޯލް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް