ހައްޓަށް ލުއި ގޮތެއް ބޭނުން ނަމަ މިއީ ތައްޔާރުކުރަން ރަނގަޅު ސެލެޑެއް

ފުޑް

ފަސޭހަ ރެސިޕީ: ކޯލްޑް ޕާސްޓާ ސެލެޑް

މިއީ ހަށިގަނޑަށް ލުއި އަދި މީހާ ހައިޑްރޭޓްކޮށްލުމަށް އެހީތެރިވެދޭނެ ސެލެޑެއް
1 އޭޕްރީލު 2023

މީހާ އެއްކޮށް ތާޒާކޮށްލާ، ބަނޑަށް މާ ބަރު ނޫން، އެކަމަކު މީރުވެފައި ސިއްހަތަށް ވެސް ފައިދާ ހުރި ރަހައެއް ބޭނުން ނަމަ ތައްޔާރުކުރަންވީ ކޯލްޑް ޕާސްޓާ ސެލެޑެކެވެ.

ރޯދަ މަހު ކަސްރަތު ކުރަން ބޭނުން ނަމަ ހަށިގަނޑުގައި ހަކަތަ އުފައްދާލަން ވެސް މި ސެލެޑް ފުދޭނެ އެވެ.

މިއީ ހޫނު ގަދަ ދުވަސްވަރަކަށް ވުމާ އެކު މި ސެލެޑުން މީހާ ތާޒާ ވެސް ކޮށްލަދޭނެ އެވެ.

ކޯލްޑް ޕާސްޓާ ސެލެޑް ފަސޭހައިން މީހާ ހައިޑްރޭޓްކޮށްލަދޭ

ބޭނުންވާ ތަކެތި

  • އައިސްބާގް ލެޓިއުސް ތުނިކޮށް ކޮށާފައި

  • 1 ޖޯޑު ޕާސްޓާ، ފެނުކައްކާ ފެންފޮދު އުކާލާފައި (ވީހާވެސް ކުޑަ ޝޭޕަކަށް ހުރި ޕާސްޓާއެއް)

  • 4 މޭޒުމަތީ ސަމްސާ މެޔޮނައިޒް

  • 4 މޭޒުމަތީ ސަމްސާ ޕްލެއިން ޔޯގަޓް

  • 1 ކުޑަ ފެހި އަދި ރަތް ކެޕްސިކަމް ކުދިކޮށް ކޮށާފައި

  • 2 އަލުވި މަށާފައި ފެނުކެއްކުމަށް ފަހު ކިއުބުކޮށް ކޮށާފައި

  • 1 މިރުސް ކޮށާފައި

  • 3 މޭޒުމަތީ ސަމްސާ ސްވީޓްކޯން

  • 1 ކުޑަ ކިއުކަމްބާ ތުނިކޮށް ކޮށާފައި

  • 1/2 ސައިސަމްސާ މުގުރި ދިރި

  • ރަހަލާވަރަށް ލޮނާއި އަސޭމިރުސް

  • ލުނބޯހުތްކޮޅެއް، ސެލެޑް މައްޗަށް ފިއްތާލުމަށް

  • ކުޅިކޮށް ހަދަން ބޭނުން ނަމަ ޗިލީ ފްލޭކްސް

މި ޑިޝްއަށް ރޯސްޓް ޗިކަން އެޅިދާނެ އެވެ. ފަސޭހަކޮށްލަން ބޭނުން ނަމަ ކުކުޅު މަސްދަޅު ވެސް އެޅިދާނެ އެވެ.

ތައްޔާރުކުރާނެ ގޮތް

ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ލޮނާއި އަސޭމިރުސް ހެޔޮވަރުކޮށްލާ، ލުނބޯހުތްކޮޅު މައްޗަށް ފިތާލާށެވެ. އެހާ ހިސާބުން ނިމުނީ އެވެ. ސެލެޑް ފިނިކޮށްލަން ފްރިޖަށް ލާށެވެ. މި ސެލެޑް ވާނީ ލުއި އެކަމަކު މީރު އެއްޗަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް