ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން 15 އޮކްޓޯބަރު 2022ގައި ބޭއްވި 'ފިންކް ރިބަން ރަން-ވޯކް' ހަރަކާތް. (ފޮޓޯ/ބީއެމްއެލް)

ސިއްހަތު

ކެންސަރު ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން މިއަދާއި މިރޭ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކެންސަރާ ގުޅޭ މައުލޫމާތާއި ކުޑަކުދިންނަށް ބައިވެރިވެވޭ ހަރަކާތްތަކަކާ އެކު
4 ފެބްރުއަރީ 2023

ކެންސަރު ބައްޔާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ ހަރަކާތެއް ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތައްޔާރުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ކެންސަރު ދުވަހަށް ހާއްސަ މި އިވެންޓް އޮންނާނީ، ކެންސާ ސޮސައިޓީ އިން ބުނި ގޮތުގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން 15 އޮކްޓޯބަރު 2022ގައި ބޭއްވި 'ފިންކް ރިބަން ރަން-ވޯކް' ހަރަކާތް. (ފޮޓޯ/ބީއެމްއެލް)

އިވެންޓްގައި މައިގަނޑު ގޮތެއްގައި އޮންނާނީ ކެންސަރާ ގުޅޭ އެކި މައުލޫއުތަކާ ބެހޭގޮތުން ވާހަކަދައްކައި މައުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކެވެ. އެގޮތުން:

  • އުރަމަތީގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާ ގުޅޭ މައުލޫމާތު ދިނުން އޮންނާނެ

  • ކެއުމާއި ދުންފަތާ ގުޅޭ މައުލޫމާތު ދޭނެ

  • ކެންސަރާ ގުޅޭގޮތުން މިހާރު ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ދޭނެ

  • ބައެއް މީހުން އެ މީހުންގެ ކެންސަރުގެ ތަޖުރިބާތައް ކިޔައިދޭނެ

ކުރެހުމުގެ މައުރަޒަކާއި އާޓްގެ ހަރަކާތްތަކެއް ވެސް ހިމެނޭ މި އިވެންޓްގައި ކުޑަކުދިންނަށް ހާއްސަ ކަންކަން ވެސް ހިމެނެ އެވެ. އެގޮތުން، ކުޑަކުދިން ގަޔާވާ ކަހަލަ ކަންކަން ކަމުގައިވާ ޕޯސްޓަރު ހެދުން، ޕަޒްލް ޕެއިންޓިން އަދި ސްނޭކް އެންޑް ލެޑާ އަދި ޓިކް ޓެކް ޓޯ ފަދަ ގޭމްތައް ކުޅުވޭނެ އެވެ.

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުމަށް ކެންސާ ސޮސައިޓީއިން ހާއްސަ އިވެންޓެއް

ރާއްޖޭގައި ކެންސަރު ޖެހުން މަދު ކުރުމާއި ކެންސަރުގެ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރާ ކެންސާ ސޮސައިޓީން އަންނަނީ، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކެންސަރު ބަލި ތަހައްމަލް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މެންބަރުން ގޮތުގައި 190 އަށް ވުރެ ގިނަ މީހުން ތިބި ޖަމްއިއްޔާގެ ހިދުމަތްތަކުގެ ތެރޭގައި، މީގެ ހަތް އަހަރު ކުރިން ތައާރަފްކުރި ކެންސާ ސަޕޯޓް ގުރޫޕު ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް