ދުބާއީ

ޓްރެވަލް

ދުބާއީ: އެންމެ ގިނަ މީހުން ދާން ބޭނުންވާ ސިޓީ

ޓިކްޓޮކްގެ ވިއުސް އަށް ބަލައިގެން ހެދި ސާވޭއެއްގައި ދުބާއީ އެއްވަނަ ހޯދީ ނިއު ޔޯކް ސިޓީ ފަހަތަށް ޖައްސާލާފައި
22 ޖުލައި 2022

ދުނިޔޭގެ އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވާ މަންޒިލް ހޯދުމަށް، ޓިކްޓޮކް ވިއުސް އަށް ބަލައިގެން، ކުރި ސާވޭއަކުން އެއްވަނަ ހޯދީ ދުބާއީ އެވެ.

އެންމެ ގިނަ ބަޔަކު ދާން ބޭނުންވާ މަންޒިލްތަކުގެ ލިސްޓްގެ އެންމެ ކުރީގައި ޔޫއޭއީގެ ދުބާއީ އޮތް އިރު، ދެވަނައިގައި އޮތީ އެމެރިކާގެ ނިއު ޔޯކް ސިޓީ އެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ އިނގިރޭސިވިލާތުގެ ލަންޑަން އެވެ.

މި ސާވޭ ހަދާފައިވަނީ  ޓިކްޓޮކުގައި ތަފާތު 140 ސިޓީއަކަށް ލިބުނު ވިއުސްގެ އަދަދުންނެވެ. އަދި އެއަށް ފަހު 50 ސިޓީއެއް ޝޯޓްލިސްޓު ކޮށްގެންނެވެ.

ދުބާއީ މިދިޔަ އަަހަރު އޮތީ ލިސްޓްގެ ދެވަނައިގައި

ލަގެޖް ރައްކާކުރުމަށް އެހީވާ ކުންފުންްޏެއް ކަމުގައިވާ ބައުންސް އިން ހެދި ޓިކްޓޮކް ޓްރެވެލް އިންޑެކްސް 2022  ސާވޭއިން ދަައްކާގޮތުގައި 'ދުބާއީ' ހޭޝްޓެގް ބޭނުންކޮށްގެން ކޮށްފައިވާ ޕޯސްޓްތައް 81.8 ފަހަރު ބަލާފައިވެ އެވެ.

ނިއު ޔޯކްގެ ޕޯސްޓްތައް ބަލާފައިވާ އަދަދު 59.5 ބިލިއަނަށް އަރަ އެވެ. އަދި ލަންޑަންގެ ޕޯސްޓްތައް ބަލާފައިވާ އަދަދަކީ 36.8 ބިލިއަނެވެ.

ނިއު ޔޯކް އަކީ މިދިޔަ އަހަރު ލިސްޓްގެ އެންމެ ކުރީގަ އޮތް ސިޓީ

މި ސާވޭގައި މިދިޔަ އަހަރު އެއްވަނަ ހޯދީ ނިއު ޔޯކް ސިޓީ އެވެ. އަދި ދުބާއީ އޮތީ ދެވަނައިގަ އެވެ.

ލަންޑަންގެ މަގެއްގައި ބަހެއް ދަތުރުކުރަނީ

ފަތުރުވެރިންގެ މެދުގައި ދުބާއީ މަގުބޫލު މަންޒިލަކަށް ވަނީ އެ ސިޓީ މުއްސަނދިކަމާއި ލަގްޒަރީ ދިރިއުޅުމާ ގުޅުވާލެވިފައިވާތީ އެވެ. އަދި އެއީ އަވީގައި ވަގުތު ހޭދަކޮށްލައި ތަފާތު އެކި ކަންކަން ކުރެވޭ ސިޓީއެއްގެ ގޮތުގައި ސާވޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"އަލްޓްރާ މޮޑަން ސިޓީ"ގެ ލަގަބު ލިބިފައިވާ ދުބާއީ އަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ފަރުމާގެ ގޮތުން ފާހަގަކޮށްލެވޭ ފަދަ އުސް އިމާރާތްތައް ހިމެނޭ ސިޓީ އެކެވެ. އަދި މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް ކަމުގައިވާ ބުރުޖް ހަލީފާ ވެސް ހުންނަނީ ދުބާއީގަ އެވެ.

މެދު އިރުމައްޗަށާއި ޔޫރަޕަށް ނިސްބަތްވާ ސިޓީތަކުގެ ތެރެއިން ލިސްޓުން ޖާގަ ހޯދީ ތުރުކީ

ގަދަ 10ގައި ދެން ހިމެނޭ ގައުމުތަކުގެ ތެރެއިން ހަތަރު ވަނައިގައި އޮތީ ތުރުކީގެ އިސްތަންބުލް އެވެ. އަދި ފްރާންސްގެ ޕެރިސް ފަސްވަނަ ހޯދި އިރު ހަވަނަ، ހަތްވަނަ އަދި އަށްވަނަ ލިބިފައިވަނީ އެމެރިކާގެ ސިޓީތަކަށެވެ. ނުވަ ވަނައިގައި އޮތީ ކެނެޑާގެ ޓޮރޮންޓޯ އެވެ. ދިހަވަނަ އަށް ދިޔައީ ސްޕެއިންގެ މެޑްރިޑް އެވެ.

އެމެރިކާގެ ހަތަރު ސިޓީއެއް ލިސްޓުގައި ހިމެނޭ

ޓިކްޓޮކް ޓްރެވެލް އިންޑެކްސްގެ ގަދަ 10

  • 1-

    ދުބާއީ، ޔޫއޭއީ - 81.8 ބިލިއަން ވިއުސް

  • 2-

    ނިއު ޔޯކް ސިޓީ، އެމެރިކާ - 59.5 ބިލިއަން ވިއުސް

  • 3-

    ލަންޑަން، އިނގިރޭސިވިލާތް - 36.8 ބިލިއަން ވިއުސް

  • 4-

    އިސްތަންބުލް، ތުރުކީ - 34 ބިލިއަން ވިއުސް

  • 5-

    ޕެރިސް، ފްރާންސް - 33 ބިލިއަން ވިއުސް

  • 6-

    މަޔާމީ، އެމެރިކާ - 24.6 ބިލިއަން ވިއުސް

  • 7-

    ލޮސް އެންޖެލިސް، އެމެރިކާ - 20.8 ބިލިއަން ވިއުސް

  • 8-

    ޝިކާގޯ، އެމެރިކާ - 17.9 ބިލިއަން ވިއުސް

  • 9-

    ޓޮރޮންޓޯ، ކެނެޑާ - 17.1 ބިލިއަން ވިއުސް

  • 10-

    މެޑްރިޑް، ސްޕެއިން - 16 ބިލިއަން ވިއުސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް