'ބިރުވެރި ވާހަކަ' ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވެސް ތަފާތު ވާހަކައެއް ގެނެސްދޭ.

ދިރާގު

ދިރާގު ޓީވީއަށް 'ބިރުވެރި ވާހަކަ' ސީރީޒް

ކޮންމެ ހަފްތާއަކު ވެސް އެ ސީރީޒްގެ އާ އެޕިސޯޑެއް ވީޑިއޯ އޮން ޑިމާންޑު ޕްލެޓްފޯމުން ބަލާލެވޭނެ
5 ޖޫން 2022

އައި ފިލްމްސްގެ ބިރުވެރި ސީޒީޒް، 'ބިރުވެރި ވާހަކަ' ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ޕްރިމިއާކޮށްފި އެވެ.

ވީ ކިހިނެއް؟ - ދިރާގުން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ވެސް އެ ސީރީޒްގެ އާ އެޕިސޯޑެއް ވީޑިއޯ އޮން ޑިމާންޑު ޕްލެޓްފޯމުން ބަލާލެވޭނެ ކަމަށެވެ.

ތަފްސީލް - 'ބިރުވެރި ވާހަކަ' ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވެސް ތަފާތު ވާހަކައެއް ގެނެސްދޭއިރު، މިއީ ދިވެހި އޯޑިއަންސަށް ކަމުދާނެ ރަހަތަކާއެކު ގެނެސްދޭ ސީރީޒް އެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.

ބުނީ ކީކޭ؟ - އައި ފިލްމުން ބުނީ، މިއީ އެ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ ސީރީޒް ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމާ އެކު ސީރީޒްގެ މަސައްކަތްތައް އެކި ފަހަރު މަތިން ލަސްކުރަން ޖެހުނު ނަމަވެސް ބެލުންތެރިންނާ ހަމައަށް މި އުފެއްދުން ގެނެސްދިނުމަށް ދިރާގު ޓީވީ ޕްލެޓުފޯމުން ދިން ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ދިރާގު ޓީވީގެ ޕްރޮޑަކްޓު މެނޭޖަރު ހަސަން ހުސްނީ ވިދާޅުވީ ދިރާގުން އަބަދު ވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ކަމުދާނެ، ތަފާތު ކޮންޓެންޓުތައް ދިރާގު ޓީވީ ޕްލެޓުފޯމު މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށެވެ.

ދިރާގު ޓީވީ:

  • ރާއްޖޭގެ އެންމެ ފުރަތަމަ އައިޕީޓީވީ ހިދުމަތް

  • ވީޑިއޯ އޮން ޑިމާންޑު ފީޗާއާ އެކު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޕްރިމިއަމް ކޮންޓެންޓު ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެ

  • ދިވެހި އާޓިސްޓުންގެ އުފެއްދުންތައް ދިރާގުގެ ޑިޖިޓަލް ޕްލެޓުފޯމުތަކުގައި ފީޗާކުރުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ ކަމަށް ދިރާގުން ބުނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް