Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ވާހަކަ: އަބްލާޖް

ވާހަކަ

ވާހަކަ: އަބްލާޖް

ޖުންދުގެ ކަނާއަތުގެ އިނގިލިތައް އެކުލަވައި ފަލަ ކައްޓަކަށް މުޅި އަތް ބަދަލުވިއެވެ. އަދި އަބްލާޖްގެ ބަނޑަށް ކަށި ހަރާލިއެވެ. އެ ދެމެދުގައި ހިނގީ އެންމެ ސިކުންތެކެވެ.
24 މާރިޗު 2022

އެޕިސޯޑް 24

އަމިއްލަ ދަރި މަރާލާކަށް ޖުންދު އަދި ބޭނުމެއް ނުވިއެވެ. އެހެން ނޫން ނަމަ އެ ހަމަލާ ދާނީ ސީދާ އަބްލާޖްގެ ކަރަށެވެ. ނުވަތަ މެޔަށެވެ. އެއީ ޖުންދު ފިނި ގޮތަކަށް ދިން އިންޒާރެކެވެ. އެންމެ ފަހުގެ އިންޒާރެވެ.

ރަފީގް ފެން އަޅަން ބުނިތާ ތިންވަނަ ރެއެވެ. އެންމެ ފަހު ރެއެވެ. ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. ރަފީގް ބުނި ގޮތަށް ރައިޝާގެ އަމަލުތައް ބެހެއްޓޭތޯ މަސައްކަތް ކުރެއެވެ. އުދަނގޫވެއެވެ. ކުރާހިތެއް ވެސް ނުވެއެވެ. ފޫހިވެއެވެ. ނަމަވެސް ހިތާ ދެކޮޅަށް، އުޅުން ބަދަލު ކުރަން ރައިޝާ ބޭނުންވީ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ވެވޭތޯއެވެ. ކަރަށް މެހިފައިވާ ދަންތުރައިގެ ވާގަނޑުގެ ގޮށަށް ވާންވިޔަ ނުދިނުމަށްޓަކައެވެ.

ބިސްމި ކިޔާފައި ރަފީގް ކިޔަވަން ފެށިއެވެ. ރައިޝާއަށް އުދަނގޫތަކެއް ވާން ފެށިއެވެ. ޒުބޭދާ އާއި ނިޔާފު ސަމާލުކަން ދެމުން ދިޔައީ ރައިޝާގެ މޫނު މައްޗަށް އަންނަން ފެށި ބަދަލުތަކަށެވެ. ލޯ މަރައިގެން އޮތް ނަމަވެސް ނިތްކުރިއަށް ރޫތައް ގިނަ ވާން ފެށިއެވެ. އަނގަ ހުޅުވާފައި އެއްޗެއް ބުނަން އުޅުނުހެން ހީވިއެވެ.

"އައްސަލާމް އަލައިކުމް،" އާދައިގެ މަތިން ރަފީގް ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން ސަލާމް ބަލައި ނުގަންނާނެކަން އެނގޭއިރު ވެސް ސަލާމް ގޮވާނެ. ކީއްކުރަން ކަލޭމެން ތި އުޅެނީ؟ ކަލޭމެން ކިތަންމެ މަސައްކަތެއް ކުރިޔަސް ރައިޝާ އާއި އަހަރެން ވަތްކެއް ނުކުރެވޭނެ އިނގޭ،" އަބްލާޖްގެ ވާހަކަ ދެއްކުމުގައި ޖެހިލުންވުމެއް ހުއްޓެވެ.

"ރައިޝާއަކީ އަހަރެމެންގެ ދަރިފަސްކޮޅުގެ މީހެއް. އޭނަ ސަލާމަތް ކުރަން ކުރެވުނުހާ ކަމެއް އަހަރެމެން ކުރާނަން. އެހެން ނޫނަސް އަހަރެން ކަލެއަކަށް މިރޭ ނުގޮވަން. ދެން ކީއްކުރަން ތި އައީ؟" ރަފީގް ވާހަކަ ދެއްކިއެވެ.

"އަހަރެން ބޭނުން އިރަކު ބޭނުން ތަނަކަށް ދޯ ދާނީ؟ މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ،" އަބްލާޖް ވާހަކަ ދެއްކީ ރުންކުރުކޮށެވެ. "އިންސާނެއްގެ ލޯބި ހާސިލްކުރުމަށްޓަކައި ޖިންނިއަކު ކިހާ ނުރައްކާތެރި ނިންމުމެއް ނިންމައިފާނެ ކަމެއް ނޭނގޭތަ؟" އަބްލާޖް މިހެން ބުނުމާއެކު ރައިޝާގެ މޭގަނޑު ފަޅާފައި ނުނިކުތީ ކިރިޔާއެވެ. ރައިޝާއަށް ދައްކާ ހުރިހާ ވާހަކައެއް އަޑު އިވެއެވެ. މި ވަގުތު ހަރަކާތެއް ނުކުރެވެނީ ރައިޝާގެ އެއްވެސް ބާރެއް ހަށިގަނޑަށް ނުފޯރާތީއެވެ.

"ބޭކާރު ވާހަކަ ނުދައްކާ. ތީ ޝައިތާނެއް. އަހަރެމެން ނުޖެހޭ ކަލޭމެން ކުރާހާ ސުވާލަށް ސިހޭކަށް،" ރަފީގް އެހެން ބުނި ނަމަވެސް ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ހިތު ތެރޭގައި ހިނގާލިއެވެ. "ކަލޭ ބޭނުން ނަމަ މިހާރު ވެސް އިސްލާމް ދީން ގަބޫލް ކޮށްފައި ރައިޝާ ދޫކޮށްލާފައި ދާންވީ. އެހެން ނޫނީ އަންދާލާނީ. ދެން އޮތް ތިންވަނަ ގޮތަކީ ހަނގުރާމައަކަށް ދިޔުން. އިޚުތިޔާރު ކުރޭ،" ބައެއް ރާގީންނަކީ ކާފަރު ޖިންނިން އިސްލާމް ނުވެއްޖެ ނަމަ އަންދާލައި އަދަބު ދޭ މީހުންނެވެ. އަދަބު ދިނުމަކީ އިންސާނުންނަށް އޮންނަ ކަމެއް ނޫނެވެ. ވުމާއެކު ރަފީގަކީ ނުކިޔަމަންތެރި ޖިންނީންނަށް ދީނަށް ގޮވާލާފައި އިސްލާމް ނުވެއްޖެ ނަމަ އައި ތަނަކަށް ފޮނުވާލާ މީހެކެވެ. އެ ވަގުތު ވެސް ރަފީގް ވާހަކަ ދެއްކީ އެ ގޮތަށެވެ. ނަމަވެސް ގޮތްދޫނުކުރާ، ބޯހަރު އަބްލާޖް ފާޅުގައި ދެކޮޅުހެދިއެވެ. ބޮޑާވެގަތެވެ.

"އަހަރެން ނޫޅެން ކަލޭމެންގެ ދީން ގަބޫލް ކުރާކަށް. ތިޔަ ދީނަށް ނޫޅުނަސް އަހަރެމެންނަށް މަދު ވަނީ ކޯއްޗެއް؟ ނުލިބެނީ ކޮން ބާރެއް؟"

"ބަލަ މި ދުނިޔެއަކީ ވަގުތީ ތަނެއް. މިތަނުގައި ތިޔަ ބުނާ މޮޅުތަކާއި ބާރުތަކަކީ ހިނދުކޮޅެއްގެ ކަންކަން. އަބަދަށް ދާއިމަށް އުފަލާއި ހިތްހަމަޖެހުމާއި އަރާމު ބޭނުން ނަމަ މި ހަޔާތް ބޭކާރު ނުކޮށްލާ. އަހަރެމެން ގާތަށް ފޮނުއްވުނު ރަސޫލާ ވަނީ އުޅެންވާ ގޮތާއި އުޅެން ނުވާ ގޮތް ވަރަށް ސާފުކޮށް ކިޔައި ދެއްވާފައި. އަހަރެމެންނަށް އޮތީ ދެ މަގު ދައްކަވާފައި. އެއް މަގުގައި ވަނީ ދުނިޔޭގެ މަޖަލާއި އުފަލާއި ވަގުތީ އަރާމު. އަނެއް މަގުުން ކަޑައްތު ކުރަންވާ ފުރިހަމަ މިނުގައި ކުރެވިއްޖެ ނަމަ އޮތީ ދާއިމީ ނިއުމަތް. ގުރުއާނުގައި އެ ވަނީ ބަރުޒަޚުގެ ބިރުވެރިކަމާއި ގިޔާމަތްވާނެ ކަމާއި ނަރަކަ އާއި ސުވަރުގޭގެ ނިއުމަތްތަކުގެ ވާހަކަ. ވިސްނާލައިފި ކޮންމެ މީހަކަށް ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނާނީ އެ ކަލާނގެ ކުޅަދުންވަންތަކަން. ތިޔަ ބޮޑާވެގަންނަ އާރާއި ބާރު ދެއްވީ އެ ކުޅަދުންވަންތަ އިލާހު. ތިޔަ ފަރާތުން އެ ބާރު ނިގުޅައިގަތުމުގެ ކުޅަދުންވަންތަކަން ވެސް އެ ކަލާނގެއަށް ލިބިގެންވޭ. އެހެންވީމައި އެ ކަލާނގެއަށް ފުރަގަސް ނުދީ. އަދިވެސް ވަގުތު ފާއިތެއް ނުވޭ. އިސްލާހުވޭ. އިސްލާމްވޭ،" ރަފީގް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ވަރަށް ނަސޭހަތްދިނެވެ.

ހިނދުކޮޅަކަށް އެއްވެސް އަޑެއް ނީވުނެވެ. އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. ރައިޝާ ދެ ލޯ ހުޅުވާލިއެވެ. ރަފީގް ވަރަށް ރަނގަޅަށް ރައިޝާއަށް ބަލައިލިއެވެ. އަދި އެނދުން ފޭބުމުގެ ކުރިން އިޚުލާސް ސޫރަތް ކިޔަވާލުމަށް ބުންޏެވެ. ރަފީގް ބުނި ގޮތަށް ރައިޝާ ކަންތައް ކުރިއެވެ. ރަފީގް ކަމެއް ޔަގީން ކޮށްލީއެވެ.

ރަފީގް ކިޔަވާފައި ދިން ހުވަނދުމާ ފެންފޮދު ހިފައިގެން ރައިޝާގެ ގަޔަށް އަޅަން ޒިޔާދު ޓެރަހަށް ދިޔައެވެ. އޭރު ވެސް ވާރޭ ވެހެއެވެ. ނަމަވެސް ފެންފޮދު އަޅަން ޖެހެނީ އުޑު ހާމަ ތަނެއްގައި ކަމުން އެ ކަމުން ކުރެވޭނެ ކަމެއް ނެތެވެ. ގަޔަށް ފެން އެޅުމާއެކު ރައިޝާ ހީކަރުވައިގަތެވެ. ތުރުތުރު އަޅަން ފެށިއެވެ. ނަމަވެސް މަޑުމަޑުން ލަސްލަހުން ޒިޔާދު ފެން އަޅަމުން ދިޔައެވެ. ރައިޝާއަށް އެއްވެސް ބަދަލެއް އާދޭތޯ ވައްކަޅިން ބަލަމުންނެވެ. ރައިޝާގެ ތުރުތުރު އެޅުން ހުއްޓުނެވެ. އަދި އެރިގެން ހުރި ތަށިން ފޭބުމަށް ފަހު ސިޑިން ފައިބަން ދިޔައެވެ. ރައިޝާ ހުރީ އިސްޖަހައިގެންނެވެ. ޒިޔާދު ބެލީ ފެންފޮދު ފުޅިއަށް އަޅާލެވޭތޯއެވެ. ޒިޔާދު ފަހަތް ބަލާލި އިރު ރައިޝާއެއް ނެތެވެ. އަވަސް އަވަހަށް ސިޑިން ފައިބައިގެން ދިޔަ އިރު ރައިޝާ އިނީ ކޮޓަރީގެ ކަނެއްގައި ހުރި އަލަމާރިއެއް ދުރު ކުރުމަށް ފަހު ފާރުގައި ހުރި ކުލަތައް ކަހާށެވެ. ނިޔަފަތިންނެވެ. ޒިޔާދު އަވަހަށް ރަފީގާއި ޒުބޭދާ އަދި ނިޔާފަށް ގޮވިއެވެ. ރަފީގްގެ އިޝާރާތަށް ޒިޔާދާއި ނިޔާފު ރައިޝާ އެތަނުން ދުރު ކޮށްފައި އެނދުމަތީ ބޭންދިއެވެ. އަދި ހަށިގަނޑުގައި ފޮތިގަނޑެއް އޮޅާލިއެވެ.

ރަފީގް މަޑުމަޑުން ފާރާ ކައިރިވެލިއެވެ. ކުރަހާފައިވަނީ އަކައެކެވެ. ޝައިތާނެއްގެ ބޮލުގައި ދެ ދަޅު ހުންނަ ސިފަ ވެސް ފާޅުވާން ހުއްޓެވެ. ރަފީގް އެންގީ ވަޅިއަކާއި ލުނބޮއެއް ގެނައުމަށެވެ. އަދި ދަޅެއްގައި އަލިފާން މުޖުމަރާއެއް ރޯކުރުމަށް ވެސް ނިޔާފަށް އެންގިއެވެ. ވަޅި ގެނައުމުން އަކައިގައިވާ އެކި ކަނަށް ވަޅީގެ ތުނޑު ޖައްސަމުން ރަފީގް އެއްޗެހިތަކެއް ކިޔެވިއެވެ. އަލިފާން މުޖުމަރާ ބެހެއްޓީ އަކަ އިން ހިސާބަށް ހޫނުވާހާ ކައިރީގައެވެ.

އެ ވަގުތު، ލުނބޯ ފަޅިކޮށްލުމަށް ޒިޔާދު ގާތު ބުންޏެވެ. ރަފީގް ކިޔަވަމުން ލުނބޯ ހުތް އެ އަކައަށް ޖަހަމުން ދިޔައެވެ. ހިކި ހުތް ހުރި ނަމަ އެ ވެސް ގެނައުމަށް ބުންޏެވެ. ގޭގައި އެވަގުތު ހުރީ އޭގެ ދެ އިނގިލިން ހިފޭ ވަރު އެތި ކޮޅެކެވެ. ރަނގަޅުވާނެ ކަމަށް ރަފީގް ބުނުމުން އެ ވެސް ގެނައެވެ. ރަފީގް އޭތިކޮޅު ވެސް އަކައިގެ އެކި ހިސާބުގައި އުނގުޅިއެވެ. އޭރު ވެސް ގުރުއާން ކިޔެވުމަށް ބަދަލެއް ނާދެއެވެ.

"މި މުޖުމަރާ މި ތަނުގައި ދެ ދުވަހު ބަހައްޓާތި. ނިވުނަ ނުދޭތި. އަބަދުވެސް ހޫނު ވާގޮތަށް ބަހައްޓާ. ރައިޝާ ގަޔަށް އެޅުނު ފެން ވަރަށް ކާމިޔާބު. އަލްހަމްދު ލިއްލާހި،" ޒުބޭދާ އާއި ނިޔާފު ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. "އެކަމަކު އަދިވެސް މިކަން ނުނިމޭ. ސިހުރު ހެދި ސަބަބު އެބަ ހޯދަން ޖެހޭ. އަދި އަވަލަވައިގެން އުޅޭ އެތި ވެސް ފައްސާލަން ޖެހޭ،" ރަފީގް ވިސްނާލިއެވެ.

"އަހަރެން އަންނާނަން ދެ ދުވަސް ކޮށްފައި. މުރަނގަފަތް ކޮޅެއް ފުނޑާފައި އޭގެ ދިޔަ ފެލާފައި ބަހައްޓާ. މޭޒުމަތީ ސަމުސަލެއްގެ ދިޔަ ރަނގަޅުވާނެ. ދެން މުގުރާފައި ހުރި ފޮނިތޮށިކޮޅެއް ވެސް،" ރަފީގް ކޮޓަރިން ބޭރަށް ނުކުތެވެ. ރައިޝާއާ މެދު އަމަލުތައް ބަހައްޓަންވީ ގޮތް ކުރިން ވެސް ކިޔައިދިން ގޮތަށް ކިޔައިދިނުމަށް ފަހު ރަފީގް ދިޔައެވެ. ޒިޔާދާއި ޒުބޭދާ އަދި ނިޔާފު ރައިޝާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ.

އެ ވަގުތު ކުއްލިއަކަށް ރައިޝާ ރޮއިގަތް އަޑު އިވުނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް