މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ރޮބޯމޭން ދަ މޫވީ މިހާރު ބަލައިިލެވޭނެ
'ރޮބޯމޭން ދަ މޫވީ' މިހާރު ވީޑިއޯކްލަބުން ބަލާލެވޭނެ
ދިވެހި ކުދިބޮޑު އެންމެންގެ މެދުގައި މަގްބޫލު ކެރެކްޓާ 'ރޮބޯމޭން' ހަރަކާތްތެރިވާ ފިލްމު 'ރޮބޯމޭން – ދަ މޫވީ' މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
އޮލިމްޕަހުގެ ސްކްރީނުގައި 26 ސެޕްޓެމްބަރުގައި އެޅުވި މި ފިލްމަށް ވަނީ ގިނަ ބައެއްގެ ލޯބި ލިބިފަ އެވެ. ހާއްސަކޮށް ދުވަސްތަކަކަށް ފަހު ކުޑަކުދިންނާ ގުޅޭ ފިލްމެއް ސިނަމާގައި ބަލައިލުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އޮލިމްޕަސް ސިނަމާގެ އިތުރުން ބައެއް ރަށްތަކުގައި ވެސް މި ފިލްމު ވަނީ އަޅުވާފަ އެވެ.
ސިނަމާއަށް ގޮސް މި ފިލްމު ބަލައިލުމުގެ ފުރުސަތު ނުލިބި ތިބި ކުދިންނާއި ބޮޑެތި މީހުންނަށް މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ގޭގެ ސިޓިން ރޫމްގައި ތިބެ، އާއިލާއާ އެކު މި ފިލްމު ބަލައިލެވޭނެ އެވެ.
ރޮބޯމޭން ފިލްމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. ވަކިން ހާއްސަކޮށް މި ފިލްމުގައި ހަރަކާތްތެރިވާ ދެ ކުޑަކުދިން ކަމުގައިވާ އަމީލިއާ އަދި މިޝާގެ އެކްޓިން ފާހަގަކޮށްލެވެ އެވެ. މި ދެ ތަރިންނާއި ރޮބޯމޭންގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ބައެއް ތަރިން ކަމަށްވާ އައްޒަ އަދި ރަވީގެ އެކްޓިން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
މިއީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ އޯކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ.
މީޑިއާނެޓު އެމްޓީވީ، އެމްއެސްޓީވީ އަދި އެމްއެސްލައިޓް ހިދުމަތް މިހާރު ވެސް ގެންގުޅޭ ކަސްޓަމަރުން ހަމައެކަނި ވީޑިއޯކްލަބް ޕެކޭޖެއްގެ ސަބްސްކްރިޕްޝަނެއް ނަގާލުމުން ވީޑިއޯކްލަބް ކޮންޓެންޓް ބަލައިލެވޭނެ އެވެ.
-
މި ލިންކު މެދުވެރިކޮށް ވީޑިއޯކްލަބުގެ ކޮންޓެންޓް ޕެކޭޖު އެކްޓިވޭޓު ކުރެވޭނެ
މީޑިއާނެޓު ހިދުމަތް ބޭނުން ނުކުރާ މީހުން ހިދުމަތަށް ރަޖިސްޓްރީ ކުރުމަށް ފަހު ޕެކޭޖު ނުވަތަ ސަބްސްކްރިޕްޝަނެއް ނަގާލުމުން ވީޑިއޯކްލަބްގެ ކޮންޓެންޓް ބަލައިލެވޭނެ އެވެ.
-
މީޑިއާނެޓުގެ ވެބްސައިޓު މެދުވެރިކޮށް އެމްއެސްޓީވީ، އެމްއެސްލައިޓު އަދި އެމްއެސް ޑިޖިޓަލް ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ
ކޮމެންޓް