Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 6:51 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

'ފުކްރޭ 3'

ބޮލީވުޑް

'ފުކްރޭ 3': މިފަހަރު އިންތިހާބީ ކުރިމަތިލުމެއް

'ފުކްރޭ' އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ކޮމެޑީ ފްރެންޗައިޒް
6 ސެޕްޓެމްބަރު 2023

ހިޓް ކޮމެޑީ ސިލްސިލާ 'ފުކްރޭ'ގެ ދެވަނަ ބަޔަށް ހަ އަހަރު ފަހުން ތިންވަނަ ފިލްމު ބޮޑު ސްކްރީނާ ހިސާބަށް އަންނަން އެންމެ ފަހުން ތައްޔާރުވެއްޖެ އެވެ.

ހަނީ އާއި ލާލީ ހަލްވާނީ އަދި ޗޫޗާ އެނބުރި އައިސް މިފަހަރު އުޅެނީ ބޯލީ ޕަންޖަބާންއާ ސިޔާސީ ކުރިމަތިލުމަކަށް ގޮސްގެނެވެ.

'ފުކްރޭ 3'ގެ ޓްރެއިލާގައި ދައްކަނީ ޕުލްކިތު ސަމްރާޓްގެ ހަނީ އާއި މަންޖޯތު ސިންގުގެ ލާލީ އަދި ވަރުން ޝަރްމާގެ ޗޫޗާ، ޕަންކަޖު ތުރިޕާތީގެ ޕަންޑިތުޖީގެ ތަޖުރިބާކާރު އިރުޝާދުގެ ދަށުން، ރިޗާ ޗައްޑާގެ ބޯލީއާ އިންތިހާބެއްގައި ވާދަކުރާ ތަނެވެ.

ރިޗާ ބޭނުންވަނީ އޭނާގެ ކުރީގެ "ލައިފް" އަނބުރާ ހޯދާށެވެ. ޓްރެއިލާ އިން ދެން ފެންނަނީ ރިޗާ އާއި ޕުލްކިތުގެ ގްރޫޕުގެ ކުރިމަތިލުމެވެ.

ފުކްރޭ 3'ގެ ޓްރެއިލާގެ ކުރިން 'އާ ޕޯސްޓަރުތަކެއް ވެސް މިފަހުން ނެރެފައިވެ އެވެ. 

'ފުކްރޭ 3'

'ފުކްރޭ' 2013ގައި އުފަންވި ހިސާބުން ފެށިގެން ހިންދީ ސިނަމާގެ އޯޑިއެންސްގެ ހިތް އޮތީ އަތުލައިފަ އެވެ.

މިހާރު ރިޗާ ޗައްޑާއާ ކައިވެނިކޮށްގެން އުޅޭ އަލީ ފަޒަލް ފުރަތަމަ ދެ ފިލްމުގައި މުހިއްމު ދައުރެއް އަދާކުރި ނަމަވެސް މިފަހަރުގެ ފިލްމަކުން ނުފެންނާނެ އެވެ.

ރިތޭޝް ސިދުވާނީ އާއި ފަރްހާން އަހުތަރްގެ އެކްސެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށްފައިވާ 'ފުކްރޭ 3' ނެރެން އެކި ތާރީހުތައް އިއުލާން ކުރުމަށް ފަހު އެންމެ ފަހުން ސިނަމާތަކަށް އަންނާނީ މި މަހު 28ގަ އެވެ.

'ފުކްރޭ 3'ގެ ޓްރެއިލާ
އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް