Majlis 2024

އަމީތާބު އެކްޝަން މަންޒަރެއް ކުޅުމުގެ ތެރޭގައި އަނިޔާވިތާ ދުވަސްތަކެއް ފަހުން ފޭނުންނާ ބައްދަލުކުރުމަށް މިދިޔަ އާދީއްތަ ދުވަހު ގެއިން ބޭރަށް ނުކުމެ

އަމީތާބު އަނިޔާއަށް ފަހު ފޭނުންނާ ބައްދަލުކޮށްފި

28 މާރިޗު 2023

'ޕްރޮޖެކްޓް ކޭ'ގެ އެކްޝަން މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ އަމީތާބު ބައްޗަށް އާދީއްތަ ދުވަހު އޭނާގެ ފޭނުންނަށް ފެނިލައިފި އެވެ.

އަމީތާބު، 80، މުމްބާއީގެ ޖޫހޫގައި ހުންނަ އޭނާގެ ގެ، ޖަލްސާއިން ނުކުމެ، އެއްވެ ތިބި މީހުންނަށް ސަލާމުގެ އިޝާރާތްކޮށް ހަނާއަޅައި ހެދި އިރު ހުރީ ކަނާތް ފޮތިގަނޑެއްގައި އަޅުވާލައިގެންނެވެ.

އަމީތާބު އޭނާގެ ބްލޮގުގައި އިއްޔެ އެކަމާ ބެހޭގޮތުން ލިޔަމުން ފޭނުންގެ ހެޔޮ އެދުންތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އަނިޔާއަށް ފަހު ރަނގަޅުވަމުން އަންނަ އިރު މިހާރު އެނބުރި މަސައްކަތަށް ނުކުމެފައިވާ ކަމަށް ހުކުރު ދުވަހު އޭނާ ވަނީ ބުނެފަ އެވެ. އަނިޔާވިކަން މި މަހު 5 ގައި ހާމަކުރަމުން އަމީތާބު ބްލޮގުގައި ލިޔެފައިވާ ގޮތުގައި މުޅިން ގަދަވާން ހަފްތާތަކެއް ނަގާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް