އާލިއާ ބަޓް 30 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ޗުއްޓީގައި ލަންޑަންގެ ރެސްޓޯރެންޓެއްގައި އަދި ފިރިމީހާ ރަންބީރާ އެކު ހިނގާފައި ދަނީ

އާލިއާ ބަޓް

އާލިއާ 30 ވަނަ އުފަންދުވަހަށް ލަންޑަންގައި

28 މާރިޗު 2023

އާލިއާ ބަޓް 30 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ލަންޑަނުގައި ހޭދަކުރަމުން އަންނަ ޗުއްޓީގައި ފިރިމީހާ ރަންބީރު ކަޕޫރާ އެކު ނިކަން ހަމަޖެހިލައިގެން އުޅޭތަން ދައްކާލައިފި އެވެ.

އާލިއާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި ލަންޑަންގެ ފިނި މާހައުލުގައި ދެމަފިރިން ރޮމޭންޓިކް ވަގުތުތަކެއް ހޭދަކުރި އެވެ. ދެ މީހުން އެކުގައި މަގެއްމަތިން ހިނގާލާފައި ދާ މަންޒަރާއި ބައިސްކަލު ދުއްވާފައި ދަމުން ނަގާފައިވާ ރަންބީރުގެ ފޮޓޯއެއް ހިމަނާފައިވެ އެވެ.

ދައްތަ ޝާހީން ބަޓްއާ އެކު ރެސްޓޯރެންޓެއްގައި އިނދެ ނަގާފައިވާ ފޮޓޯއެއް ވެސް އެ އިންސްޓަގްރާމް ޕޯސްޓުގައި އާލިއާ ޝާއިއުކުރި އެވެ.

އާލިއާ އޭގެ ކުރިން ވަނީ ކޭކާއި ކެއުމާ އެކު އުފަންދުވަސް ފާހަގަކުރުމަށް އާއިލާގެ މެމްބަރުންނާ އެކު އުޅޭތަން ފެންނަ ފޮޓޯތަކެއް ވެސް ދައްކާލައިފަ އެވެ.

އާލިއާ ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ ރަންބީރާ އެކު 'ބްރަމަސްތުރަ' އިންނެވެ. އާލިއާ އާއި ރަންވީރް ސިންގްގެ ލޯބީގެ ފިލްމު 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' 28 ޖުލައިގައި ސިނަމާގައި އަޅުވާނެ އެވެ.

އާލިއާ ހޮލީވުޑަށް ތައާރަފްވާ 'ހާޓް އޮފް ސްޓޯން' ވެސް ކުރިއަށް އެބައޮތެވެ. އަދި އޭނާ އާއި ކެޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ 'ޖީ ލޭ ޒަރާ'ގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް