ހީނާ ހާން އުމްރާގައި

ހީނާ ހާން

ހީނާ ހާން އުމްރާގައި: 'ގެފުޅު ބަލާ ފޫހިނުވޭ'

ހީނާގެ ފުރަތަމަ އުމްރާ ފުރިހަމަކުރީ މަންމަ އާއި ފިރިހެންކޮއްކޮއާ އެކު
24 މާރިޗު 2023

ހީނާ ހާން ފުރަތަމަ ފަހަރަށް އުމްރާވުމަށް މައްކާއަށް ގޮސް އޭނާގެ ފޭނުންނަށް އެ ތަޖުރިބާ ކިޔައިދީފި އެވެ.

ރޯދަމަހާ ދިމާކޮށް ސައޫދީ އަރަބިއްޔާއަށް ކުރި ދަތުރުގެ ބައެއް ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި އާއްމުކޮށް، ހީނާ ބުނީ ފުރަތަމަ އުމްރާ ކާމިޔާބު ކަމަށެވެ. މާތް ﷲ އެެ އަޅުކަން ގަބޫލުފުޅުކުރައްވައި ދުއާ އިޖާބާކުރެއްވުން އެދޭ ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.

'ބިގް ބޮސް'ގެ އިތުރުން ސްޓާ ޕްލަސްގެ 'ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ' ގައި އަކްޝަރާގެ ރޯލުން އަދި 'ކަސޯޓީ ޒިންދަގީ ކޭ'ގެ ކޯމޮލިކާގެ ގޮތުގައި ފެނިފައިވާ ހީނާ މައްކާގައި ހުރީ ކޮޓަރިން ބޭރަށް ބަލައިލާ އިރު ގެފުޅު ސަރަހައްދު ފެންނަ ހޮޓަލެއްގަ އެވެ.

ގެފުޅު ފެނުމުގެ އުފަލުގައި އޭނާ ބުނީ ކައުބާ "ބަލާ ފޫހިނުވި" ކަމަށާއި އެއީ ހަގީގީ ތަޖުރިބާއެއްކަން ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.

ހީނާ ހާން އުމްރާގައި އާއިލާއާ އެކު

ހީނާ އިހުރާމް ހެދުމުގައި ހުރެ އުމްރާގެ ގިނަ މަންޒަރުތަކެއް އިންސްޓަގްރާމްގައި ދައްކާލި އިރު، އޭނާއާ އެކު މަންމަ އާއި ފިރިހެންކޮއްކޮ ތިއްބެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް